Support Us

އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ގައްޒާގެ ސަރަހައްދެއް

ގައްޒާއަށް ގެންނަ ބައިނަލްއަގުވާމީ ފައުޖަށް އިސްރާއީލުން ރުހުން ދީފި

ދެ އަހަރު ވީ ގައްޒާ ހަނގުރާމަ ނިންމައިލައިފައި އެ ތަނަށް ހަމަޖެހުން ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލައްވައިފައިވާ 20 ނުކުތާގެ ސުލްހައިގެ ރޭވުމުގެ ދަށުން ގައްޒާއަށް ގެންނަ ބައިނަލްއަގުވާމީ ފައުޖު، އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައި.އެސް.އެފް)އަށް އިސްރާއީލުގެ ސަލާމަތާ ބެހޭ ކެބިނެޓުން ރުހުން ދީފިއެވެ.

"އެ ކަމާ ގުޅޭ މައިގަނޑު ގާނޫނީ ފިޔަވަޅުތައް ބަލައިގެންފި. އައި.އެސް.އެފް ހަރަކާތްތެރިވާނީ އިސްރާއީލުގެ އަސްކަރިއްޔާއާ ފުރިހަމަ ވިލަރެސްކުރުމާއެކު،" އިސްރާއީލުގެ އޮފިޝަލަކު އިއްޔެ ބުންޏެވެ.

ގައްޒާގެ ބައެއް ސަރަހައްދުތަކަށް އައި.އެސް.އެފް ވަނުމަށް ހުއްދަ ދިނުން މިއީ އިސްރާއީލުގެ ސަރުކާރުން މި ފަދަ ކަމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން ބުނީ އައި.އެސް.އެފްގައި ހިމެނޭނީ "އިސްރާއީލާ ރަހްމަތްތެރި ގައުމުތަކުގެ ސިފައިން" ކަމަށާއި އެ މީހުން އޮޕަރޭޓްކުރާނީ ގައްޒާގައި އިސްރާއީލު ސިފައިން ނެތް ތަންތާނގައި ކަމަށެވެ.

އިސްރާއީލުން ބުނީ އައި.އެސް.އެފްގައި ހިމަނާނެ ގައުމުތަކަކީ ކޮބައިކަން ނިންމުމުގެ ހައްގު އޮންނާނީ އިސްރާއީލަށް ކަމަށެވެ.

"އިސްރާއީލުގެ ސަލާމަތްތެރިކަން ރައްކާތެރިކުރުމާއެކު އައި.އެސް.އެފްއިން ހަމަޖެހުމާއި ސަލާމަތް އޮތް ގައްޒާއެއް ކަށަވަރުކޮށްދޭނެ،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

ގައްޒާ ހިންގާ ހަމާސްއިން އިސްރާއީލުގެ މި ނިންމުންތަކާ ދެކޮޅުހެދިއެވެ.

"ފަލަސްތީނުގެ ރުހުމާ ނުލައި ގައްޒާއަށް ވަންނަ ކޮންމެ ބޭރުގެ ފައުޖެއް އަހަރެމެން ދެކޭނީ އެއީ ގައްޒާއަށް އަރައިގެންފައިވާ ބޭރު ފައުޖެއް ކަމަށް. ގައްޒާގެ ކުރިމަގު ކަނޑައެޅުމުގެ ހައްގު އޮތީ ހަމައެކަނި ފަލަސްތީން ރައްޔިތުންނަށް،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސަމު ނައީމު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *