Support Us

ގެދޮރު ނެތް ބުޅަލެއް އަދި މިއައޮމްބާއީ ވެބްސައިޓް ހެދި ސުދަރްޝަން ބިރްލާ

ގެދޮރު ނެތް ބުޅާ އުޅޭ ތަންތަން ދައްކައިދޭ ވެބްސައިޓެއް

ގޫގުލް މެޕްސްއިން ތަންތަން ހުންނަ ތަނާއި އެންމެ އަވަހަށް ތަނަކަށް ދެވޭނެ މަގުތައް ދައްކައިދޭއިރު އިންޑިއާގެ މާލީ ހަބް ކަމަށްވާ މުމްބާއީ ސިޓީގައި އުޅޭ ގެދޮރު ނެތް ބުޅާ އުޅޭ ތަންތަން ދައްކައިދޭ ވެބްސައިޓެއް ހަދައިފިއެވެ.

ބުޅާ ގޮވާ "މިއައޮ" އަޑާއި މުމްބާއީގެ ނަން މަސްހުނިކޮށްލައިގެން "މިއައޮމްބާއީ"ގެ ނަމުގައި ދެ ހަފުތާގެ މަސައްކަތުން ވެބަސައިޓް މި ދިޔަ މަހު ލޯންޗްކުރީ މުމްބާއީގެ އިރުމަތިން 500 ކިލޯމީޓަރު ކައިރީގައި އޮންނަ ލަތުރުއަށް އުފަން ޕްރޮޑަކްޓް މެނޭޖަރެއް ކަމަށްވާ އުމުރުން 25 އަހަރުގެ ސުދަރްޝަން ބިރްލާއެވެ.

ވެބްސައިޓް ފަށައިގަތީ މުމްބާއީގައި ދިރިއުޅޭތާ އެއް އަހަރުވެފައިވާ ބިރްލާ، އޭނާގެ ނޭބަހުޑްގައި އުޅޭ ބުޅާތަކުގެ ފޮޓޯ ނަގާ ހޮބީއެއްގެ ގޮތުންނެވެ. ނަމަވެސް މިހާރު އެ ވެބްސައިޓަކީ ކްރައުޑްސޯސް ކޮށްފައިވާ އިނިޝިއެޓިވްއެކެވެ.

މިއައޮމްބާއީ ބޭނުންކުރާ ފަރާތްތަކުން ބުޅާގެ ފޮޓޯ އާއި ފެންނަ ސަރަހައްދުގެ މައުލޫމާތު ވެބްސައިޓަށް ލުމުން ޒަހަމް ލިބިފައިވާ ބުޅަލާއި އަދި އެޑޮޕްޓް ކުރެވިދާނެ ބުޅާގެ އިތުރުން ގެއްލިގެން ހޯދާ ބުޅާގެ މައުލޫމާތު އެނގުމުން އެ ފަދަ ގެދޮރު ނެތް ބުޅަލަށް އެހީތެރިވުމަށް މީހުންނަށާއި ހައިވާނުންނަށް އެހީ ވާ ޖަމިއްޔާތަކަށް އެހީއަކަށްވަނީ ވެފައެވެ.

ބިރްލާ ބުނީ އެންމެ ރަނގަޅު މުދާ ބިނާވަނީ ހިޔާލެއްގެ ބަދަލުގައި މީހުން ވަށައިގެން ކަމަށެވެ.
"ހަފުތާބަންދެއްގައި މީހުން މުމްބާއީއަށް ޒިޔާރަތްކޮށްލައި މި ބުޅާތައް ދެނެގަތުމަކީ އަހަރެން އެދޭ ކަމެއް. ފަހަރުގައި ބުޅާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި، އެ ސޮރުމެންނަށް ރަނގަޅު ކާއެއްޗެއް ދީ، ފޮޓޯއެއް ނަގައި މިއައޮމްބާއީ ވެބްސައިޓަށް އެ މީހުންނަށް ލެވިދާނެ،" ބިރްލާ ބުންޏެވެ.

މިއައޮމްބާއީ ވައިރަލްވުމުން އޭނާ މިހާރު ވަނީ ވެބްސައިޓް އިތުރު ސިޓީތަކަކަށް ފުޅާކޮށްލައިފައެވެ. އެއީ ވެރިރަށް ދިއްލީ، ޓެކްނޮލޮޖީ ހަބް ކަމަށްވާ ބެންގަލޫރު، ހައިދަރުއާބާދު އަދި ޕޫނޭއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *