Support Us

ބުކްކުރި ވިންޑޯ ސީޓު ކައިރީގައި ކުޑަދޮރު ނެތުމުން ޖެއްސި މައްސަލަ ރަނގަޅު: ކޯޓު

ވިންޑޯ ސީޓު ބުކްކޮށްފައިވަނިކޮށް ފްލައިޓުން ލިބުނު ސީޓު ހުރި ހިސާބުގައި ވިންޑޯ ނުވަތަ ކުޑަދޮރު ނެތުމުން ދުނިޔޭގެ އަދި އެމެރިކާގެ ވެސް ނަގާކިޔާ ދެ އެއާލައިން ގޮވައިގެން ފަސިންޖަރުން ކޯޓަށް ދިޔައީ ރަނގަޅަށް ކަމަށް ކަނޑައަޅައިފިއެވެ.

ފަސިންޖަރުން ބުނީ ޔުނައިޓަޑް އެއާލައިންސް އާއި ޑެލްޓާ އެއާލައިންސްއިން އެ މީހުން ބުކޮށްކޮށްފައި އިތުރަށް ފައިސާ ދެއްކި ވިންޑޯ ސީޓުތައް ހުރީ ކުޑަދުރޮ ނެތް ހިސާބުތަކުގައި ކަމަށެވެ. އެ މަތިންދާބޯޓުތަކުގެ ތެރޭގައި ބޮއިންގް 737، ބޮއިންގް 757 އަދި އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓުތައް ހިމެނެއެވެ.

ޔުނައިޓަޑާއި ޑެލްޓާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ކޮންމެ އެއާލައިނަކުން އެއް މިލިއަން ފަސިންޖަރުންނަށް އެތައް މިލިއަން ޑޮލަރެއްގެ ބަދަލު ނަގައިދޭން އެދިފައިވެއެވެ.

މި ދިޔަ އަހަރުގެ އޯގަސްޓްގައި ކޯޓަށް ހުށަހެޅި މައްސަލަ ޔުނައިޓަޑް އާއި ޑެލްޓާއިން ކުރިއަށް ނުގެންދިޔުމަށް އެދުމުން އެމެރިކާގެ ފެޑެރަލް ފަނޑިޔާރެއް ކަމަށްވާ ޖޭމްސް ޑަނެޓޯ ހޯމަ ދުވަހު ވިދާޅުވީ އެހެން ހަދައިދެވެން ނެތް ކަމަށެވެ.

"ފަސިންޖަރުން އާއްމު ގޮތެއްގައި ވިންޑޯ ސީޓު ހިޔާރުކުރަނީ އެތައް ސަބަބުތަކަށްޓަކައި. އޭގެ ތެރޭގައި މަތިންދާބޯޓުން ދަތުރުކުރުމަށް އޮތް ބިރު ނައްތައިލުން، މޯޝަން ސިކްނަސް ނައްތައިލުން، ކުޑަކުދިން ފޫހިވިޔަނުދިނުން، ބޮޑަށް އަލި ލިބޭނެ ގޮތް ހެދުން، ނުވަތަ ބޭރުން ފެންނަ މަންޒަރު ބަލައިލުން ހިމެނޭ،" ފަސިންޖަރުންގެ ގާނޫނު ވަކީލަކު ބުންޏެވެ.

ޔުނައިޓަޑުން ބުނީ އެ އެއާލައިނުން ވިންޑޯ ސީޓުގެ ގޮތުގައި ބުނެފައިވަނީ ކުޑަދޮރު ހުންނަ ސީޓުތައް ނޫން ކަމަށާއި ނަމަވެސް ކެބިންގެ "ފާރާ"އި އައިލް ނުވަތަ ކޮރިޑޯއާ ދެމެދަށް ބަލާފައި ސީޓު ހުންނަ ހިސާބު ކަމަށާއި އެހެންވެ މީގެ މާނައަކީ ކުޑަދޮރެއް ހުރެފައި ބޭރު ފެންނަ ވާހަކަ ނޫން ކަމަށެވެ.

ފަސިންޖަރުން ބުނެފައިވަނީ ބުކިން ހެދި މަރުހަލާގައި ދެ އެއާލައިނުން ވެސް ވިންޑޯ ސީޓުގައި ކުޑަދޮރު ނެތްކަން ކިޔައިދީފައިނުވާ ކަމަށެވެ.

ޔުނައިޓަޑުން ބުނީ ސީޓު ދިނުމުގައި މިހާރު އިތުރު މައުލޫމާތު ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށާއި ކަސްޓަމަރުން އެ މީހުން ހިޔާރުކުރަނީ ކޮން ކަހަލަ ސީޓެއްކަން މިހާރު އެނގެން ހުންނާނެ ކަމަށެވެ.

"ޔުނައިޓަޑްގެ ޓިކެޓިން އުސޫލުތަކާއި ބޯޑިން ޕާސްތަކާއި އަދި ރިޒަވޭޝަން ހަދައިދޭ ސްކްރީންތަކުން ވެސް ސާފުކޮށް ދައްކައިދެނީ ވިންޑޯ ސީޓު ހޯދުމަށް ފައިސާ ދައްކާ ފަސިންޖަރުންނަށް ދެނީ ވިންޑޯ ސީޓުކަން،" ޑަނެޓޯ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *