Support Us

ހުޅަނގު އައްސޭރީގެ ދައިރު ދިބްވާނު ވިލެޖްގައި ހުންނަ އަލްމަރާހު މިސްކިތް

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ރޯކޮށްލުމުން ޔަހޫދީ 5 ކުޑަކުދިންނާއި 18 އަހަރުގެ މީހަކަށް ދައުވާ

ހުޅަނގު އައްސޭރީގެ ދައިރު ދިބްވާނު ވިލެޖްގައި ހުންނަ އަލްމަރާހު މިސްކިތުގައި ރޯކޮށްލިކަމުގެ ދައުވާ، ޔަހޫދީ ފަސް ކުޑަކުދިންނާއި 18 އަހަރުގެ މީހަކަށް އުފުލައިފިއެވެ.

މި  ދިޔަ މަހު 14 ގައި، އެ ހިސާބުގައި ދިރިއުޅޭ، ޔަހޫދީ ވަޒަންވެރިން ވަނީ ބައިވަރު ވެހިކަލްތަކުގައި ވެސް ހުޅުޖަހައިފައެވެ.

ދައުވާ އުފުލުނު ކުޑަކުދިންނާއި ޒުވާނާއަށްވަނީ ޓެރަރިޒަމް ހިންގުމުގެ ގޮތުން ހުޅުޖެހުމާއި ނަސްލީ ތަފާތުކުރުން ގެންގުޅެގެން ހަމަލާދިނުމާއި ހަމަނުޖެހުން ހިންގުމާއި އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލައިފައެވެ.

"ހަމަލާތަކަކީ ނަސްލީ ތަފާތުކުރުމާ ގުޅިގެން ހިންގި ޓެރަރިޒަމްގެ ހަރަކާތްތަކެއް،" އިސްރާއީލުގެ ޕްރޮސެކިއުޓަރަކު ބުންޏެވެ.

އިސްރާއީލުގެ ރަސްމީ އިދާރާތަކުން ބުނީ އެ ކުދިންނާއި ޒުވާނާއަށް އުފުލި ދައުވާތަކުން ދައްކައިދެނީ "އެއްވެސް މީހަކީ ގާނޫނުގެ މަތީގައިވާ މީހެއް ނޫން" ކަމަށާއި ކުށްކުރުމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިންގާނެ ކަމަށެވެ.

މިސްކިތުގައި ރޯކޮށްލިޔަސް މިސްކިތް ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބުމުގެ ކުރިން ދޮރާއި ކުޑަދޮރެއްގައި ހިފި އަލިފާން ވަނީ ނިއްވައިލައިފައެވެ. ނަމަވެސް ނަމާދުކުރަން ތިބި މީހުންގެ ތެރެއިން ދުމުގެ އަސަރުކޮށްގެން އެކަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނެވެ.

ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން ވަނީ ހަމަލާތައް ކުށްވެރިކޮށްފައެވެ.

"މި ހަމަލާތަކަކީ ޔަހޫދީ ވަޒަންވެރިން އަހަރެމެންނާ ދެކޮޅަށް ހަމަލާދިނުން ކުރިއަށްގެންދާކަން ހާމަވާ ހެއްކެތް،" ޕީ.އޭއިން ބުންޏެވެ.

ދައިރު ދިބްވާނު ވިލެޖަށް ހަމަލާތައް ދިނީ އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވައިފައިވާ ޔަހޫދީން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރަމުންދާ ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *