Support Us

ރަޝިޔާއަށް ހަމަލާދޭން ޔޫކްރެއިން ސިފައިން އެމެރިކާގެ ހަތިޔާރު ބޭނުންކުރަނީ

މި ދިޔަ މަހު 40،000 ސިފައިން މަރުވުމުން ރަޝިޔާގެ ހަމަލާތައް މެދުކެނޑިއްޖެ: ޔޫކްރެއިން

މި ދިޔަ މަހު ރަޝިޔާގެ 40،000 ސިފައިން މަރުވެއްޖެ ކަމަށާއި މި ކަމާ ގުޅިގެން ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން 2022 ގައި ފަށައިފައިވާ ހަނގުރާމައިގައި ރަޝިޔާއިން ދެމުންދިޔަ ހަމަލާތައް މެދުކެނޑިއްޖެ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ހަނގުރާމައަށްވި ހަތަރު އަހަރު ތެރޭ ރަޝިޔާގެ މުޅިއަކު 1.4 މިލިއަން ސިފައިން މަރުވެއްޖެ ކަމަށް ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރެއެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާއިން މިހާރު ދަނީ ހަނގުރާމައިގެ މައިދާނުގައި ލިބުނު ގެއްލުންތައް ފޫބެއްދޭތޯ މަސައްކަތް ކުރަމުން ކަމަށެވެ.

"ހަނގުރާމަ ކުރިއަށް ނުގެންދެވިގެން އުޅޭތީ ރަޝިޔާއިން ދަނީ އާ މީހުން ސިފައިންގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުން،" ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ.

ޔޫކްރެއިނުން މިހެން ބުންޏަސް ރަޝިޔާއިން އެ ކަން ދޮގުކުރިއެވެ.

"ޔޫކްރެއިނުން ހަމަލާތައް ދިނަސް ރަޝިޔާގެ ސިފައިންގެ އަމާޒުތައް ދަނީ ހާސިލުވަމުން،" ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިނުން ބުނީ އެ ގައުމުން ރަޝިޔާގެ އެތެރެއަށް ފޮނުވާލާ ދުރު ރާސްތާ މިސައިލްތަކުގެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ އަސްކަރީ އިންފްރާސްޓްރަކްޗަރު ނިކަމެތިވަމުންދާ ކަމަށެވެ.

"އަހަރެމެންނަށް މި އަހަރުގެ ކާމިޔާބީތައް ލިބުނީ ޑްރޯން އުފެއްދުމަށާއި ދުރު ރާސްތާގެ މިސައިލް އަހަރެމެން އަމިއްލައަށް ތަރައްގީކުރަން މި ދިޔަ އަހަރު ނިންމި ސިލްސިލާ ނިންމުންތަކެއްގެ ސަބަބުން،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *