އުމުރުން 17 އަހަރުގެ ތައިލެންޑް އަންހެން ކުއްޖެއްގެ ހަށިގަނޑު ސޫޓުކޭހުން ފެނުމުން އުމުރުން 46 އަހަރުގެ އޮސްޓްރޭލިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ލައިފައިވާ ސޫޓުކޭސް ޕަތާޔާގެ ރޭލު ދަގަނޑެއް ކައިރީގައި އެއްލައިލައިފައި އޮއްވައެވެ.
ރޭ އެ މީހާ ހައްޔަރުކުރީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ސޫވާނަޕޫމް އެއާޕޯޓުން އޮސްޓްރޭލިއާގެ ޕާތު ސިޓީއަށް ފުރަން އުޅެނިކޮށެވެ.
"ސީސީޓީވީ ފުޓެޖުން ފެނުނީ ފުރާވަރުގެ ކުއްޖާ އެ މީހާއާއެކު ކޮންޑޮމިނިއަމްއަކަށް ވަންނަނިކޮށް. އޭގެ ފަހުން ފެންނަނީ އެ މީހާ ބޮޑު ސޫޓުކޭހަކާއެކު ނިކުމެގެން ދާ މަންޒަރު،" ތަހުގީގުކުރާ އޮފިޝަލަކު ބުންޏެވެ.
ތަހުގީގުން ލިބުނު މައުލޫމާތުން ކުއްޖާގެ ހަށިގަނޑު އޮތް ތަން ހޯދިއެވެ. އަދި ހައްޔަރުކުރި މީހާއަށް މީހަކު މެރުމުގެ ދައުވާ އާއި ހަށިގަނޑެއް ފޮރުވިކަމުގެ ދައުވާ އުފުލިއެވެ.
ޕަތާޔާގެ ފުލުހުން ބުނީ ގައުމުން ފިލުމުގެ ކުރިން މީހާ އަތުލައިގަނެވުނީ ތައިލެންޑްގެ އިމިގްރޭޝަން މުއައްސަސާއާ މި މައްސަލަ ރަނގަޅަށް އަދި ހަލުވިކޮށް ވިލަރެސް ކުރުމުން ކަމަށެވެ.
އޮސްޓްރޭލިއާގެ ހާރިޖީ އަދި ވިޔަފާރިއާ ބެހޭ ޑިޕާޓްމަންޓުން ބުނީ އެ މީހާއަށް ކޮންސިއުލާ ހިދުމަތް ދެމުންދާ ކަމަށެވެ.



advertisment