Support Us

އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހަރުކަށިކޮށް ޗެކުކުރަން ޖެހޭ: އައި.އޭ.އީ.އޭ

އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހަރުކަށިކޮށް ޗެކުކުރަން ޖެހޭ ކަމަށް އދ.ގެ ނިއުކްލިއަ ހަކަތައާ ބެހޭ އިދާރާއިން މިއަދު ބުނެފިއެވެ.

ބައިނަލްއަގުވާމީ ނިއުކްލިއަ ހަކަތައާ ބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)އިން ބުނީ އީރާނާއި އެމެރިކާއިން މި މަހު ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ މަގުސަދަކީ އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފެއްދިޔަނުދިނުން ކަމަށާއި އެ ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އައި.އޭ.އީ.އޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ (ފޮޓޯ) ބުނީ އެމެރިކާ-އިސްރާއީލު އިއްތިހާދާއި އީރާނާ ދެމެދު އެތައް މަހެއްގެ ހަމަނުޖެހުންތަކަށްފަހު އީރާންގެ ނިއުކްލިއަ މާއްދާތަކުގެ ހާލަތު ހުރި ގޮތާއި އެ ތަކެތި ހުރި ތަންތަން ޔަގީންކުރަން ޖެހޭ ކަމަށެވެ.

"އެ ކަން ކަށަވަރު ނުކުރެވި އީރާނާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ ބޭނުމެއް ނެތް،" އޭނާ ބުންޏެވެ.

އީރާނުން އަނެއްކާވެސް ބުނީ އެ ގައުމުން ނިއުކްލިއަ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށާއި އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ މޭރުމުން ގައުމުގެ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު ކާޒަމް ޣަރީބާބާދީ ބުނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް ޗެކުކުރަން ހުއްދަ ދޭނީ އެމެރިކާއާއެކު ގާއިމުކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ހަދާ ދާއިމީ ޑީލުގައި ސޮއިކުރުމަށްފަހު ކަމަށާއި އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *