Support Us

މިޔަންމާގައި ކުރިއަށްދާ އަހުލީ ހަނގުރާމައިގައި އަސްކަރިއްޔާއިން މި މަހު 18 ގައި ހަމަލާދީފައިވާ ސަރަހައްދެއް

މިޔަންމާގެ އިންތިހާބު ދުވަސްވަރު އަސްކަރިއްޔާއިން 700 އާއްމުން މަރައިލި: އދ.

އަންގް ސަން ސޫ ކީގެ ޑިމޮކްރެޓިކް ވެރިކަން އަސްކަރީ ބަޣާވާތަކުން 2021 ގައި ވައްޓައިލުމުން ފެށުނު އަހުލީ ހަނގުރާމަ ހިނގަމުންދާ މިޔަންމާގައި، ބަޣާވާތަށްފަހު ބޭއްވި އިންތިހާބުގެ ދުވަސްވަރު އަސްކަރިއްޔާއިން 702 އާއްމުން މަރައިލި ކަމަށް އދ.އިން ބުނެފިއެވެ.

އދ.އިން ބުނީ މި ދިޔަ އަހަރުގެ އޯގަސްޓާއި މި ދިޔަ ޖެނުއަރީއާ ދޭތެރޭ އިންތިހާބު ބޭއްވިއިރު އެ މުއްދަތުގައި ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހަގީގަތުގައި 700 އަށްވުރެ އިތުރުވުން ވެސް އެކަށީގެންވާ ކަމަށެވެ.

އަސްކަރިއްޔާއިން ހަ މަސް ދުވަހަށް ބަހައިލައިގެން ބޭއްވި އިންތިހާބުގައި 224 އަންހެނުންނާއި 153 ކުޑަކުދިން ވެސް ވައިގެ ހަމަލާތަކުގައި މަރުވި ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުންޏެވެ.

"އެންމެ ނުރައްކާ ބާވަތުގެ ހަމަލާތަކަކީ ވައިގެ މަގުން ދިން ހަމަލާތައް،" އެ އިދާރާއިން ބުންޏެވެ.

މިޔަންމާގައި ކުރިއަށްދާ އަހުލީ ހަނގުރާމައިގައި އަސްކަރިއްޔާއިން މި މަހު 18 ގައި ހަމަލާދީފައިވާ ސަރަހައްދެއް

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކަރ ޓާރކް ގޮވައިލީ އާއްމުންނަށް ދޭ ހަމަލާތައް ހުއްޓައިލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދިނުމަށެވެ.

"އެހެން ގައުމުތަކުން މިހާރު ހަނދާން ނެތް މިޔަންމާގެ މީހުންގެ މަތިންނެއް،" އޭނާ ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އދ.ގެ ތުހުމަތުތަކާ ދެކޮޅުހެދިއެވެ. އެ މުއައްސަސާއިން ބުނީ އަސްކަރީ އޮޕަރޭޝަންތައް ހިންގަނީ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ކަމަށެވެ. އެއީ ގައުމަށް ހަމަޖެހުމާއި ސަލާމަތްތެރިކަން ގެންނަން ކަމަށެވެ.

އަސްކަރިއްޔާއިން ބުނީ އިންތިހާބަކީ މަދަނީ ވެރިކަމެއް ގައުމަށް ގެންނަން އަސްކަރިއްޔާއިން އެކަށައެޅި މަގުޗާޓުގެ ބައެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *