އިންޑިއާގެ ވެރިރަށް ދިއްލީގެ މަގެއްގައި ޕޭވްމަންޓް މަތީގައި، ގެދޮރު ނެތް އާއިލާއާއެކު ނިދައިފައި އޮތް 11 އަހަރުގެ އަންހެން ކުއްޖަކު ކިޑްނެޕްކޮށް، ރޭޕްކޮށްފައި މަރައިލުމާ ގުޅިގެން ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މި ދިޔަ ހޯމަ ދުވަހު ކަމަށާއި މި ކަމާ ގުޅިގެން އެޕުން ހިދުމަތް ދޭ އުމުރުން 29 އަހަރުގެ ޓެކްސީ ޑްރައިވަރެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ބިހާރު ސްޓޭޓްގެ ބާޝޫ ކުމާރު ސިންގް ނުވަތަ ވަނަމަކަށް ބަބްލޫ ކިޔާ މީހެކެވެ.
"އޭނާ ހައްޔަރު ކުރެވުނު ހަ ގަޑިއިރުގެ ތެރޭގައި. އެއީ ސީސީޓީވީ ފުޓެޖާއި ޖީޕީއެސް ޑޭޓާ ބޭނުންކޮށްގެން،" ފުލުސް އޮފިޝަލަކު ބުންޏެވެ.
ކުއްޖާ ވަނީ ނޭވާ ހާސްކޮށްލައިގެން މަރައިލައި، މަގެއްގެ ކައިރީގައި އޮތް ޖަންގައްޔަކަށް އެއްލައިލައިފައެވެ.
ފުލުހުން ބުނީ ކުއްޖާ ކިޑްނެޕްކުރީ ފަތިހު ފަހެއް ޖަހާކަންހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ހޯދުނީ ބަބްލޫ ދިން މައުލޫމާތުން ކަމަށެވެ.
ބަބްލޫއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.



advertisment