Support Us

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް އީރާންގެ ޑެލިގޭޝަނާ ވާހަކަދެއްކެވުމަށް މިއަދު ސްވިޓްޒަލެންޑްގައި

އީރާނާއެކު ވާހަކަތަކަށް އެމެރިކާގެ ނައިބު ރައީސް ސްވިޓްޒަލެންޑަށް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލައި، މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ގެނައުމުގެ ގޮތުން އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހަމްނާމާގެ ދަށުން ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތައް ނިންމަން އީރާނާއެކު ވާހަކަތައް ކުރިއަށްގެންދަން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް މިއަދު ސްވިޓްޒަލެންޑަށް ވަޑައިގެންފިއެވެ.

އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ޖެހޭނެކަމަށް ފަހުމްނާމާގައި އީރާނުން ޝަރުތުކޮށްފައިވަނިކޮށް، އިސްރާއީލުން ލުބްނާނަށް ހަމަލާތަކެއް ދިނުމުން މި ދިޔަ ހުކުރު ދުވަހު ސްވިޓްޒަލެންޑްގައި އެމެރިކާ އާއި އީރާނުން ފަށަން އޮތް ވާހަކަތައް ފަސްކޮށްލައިފައި، ވާންސް ވެސް ވަނީ ސްވިޓްޒަލެންޑަށް ކުރައްވަން އޮތް ދަތުރު ފަސްކޮށްލައްވައިފައެވެ. ނަމަވެސް އޭނާ މިހާރު ވަނީ ސްވިޓްޒަލެންޑަށް މިއަދުގެ ވަގުތެއްގައި ވަޑައިގެންފައެވެ.

ވާންސް މަސައްކަތް ކުރައްވާނީ ފަހުމްނާމާ ދިގު މުއްދަތުގެ ސުލްހައިގެ ޑީލަކަށް ހެއްދެވޭތޯއެވެ.

ވާހަކަތަކުގައި އީރާންގެ ނިއުކްލިއަ ޕްރޮގްރާމާއި މެދުއިރުމަތީގެ ހަމަޖެހުމަށް ފޯކަސް ކުރަން ނިންމައިފައިވެއެވެ.

ވާހަކަތައް ފެއްޓެވުމުގެ ކުރިން ވާންސް ވިދާޅުވީ އީރާންގެ އެއްބާރުލުން ލިބޭނަމަ އީރާނާއެކު ގުޅުން ބަދަހިކުރަން އެމެރިކާ ތައްޔާރުކަމަށެވެ.

"އީރާނާއެކު އޮތް އަހަރެމެންގެ ގުޅުން އަސާސީ ސިފައެއްގައި ބަދަލުކޮށްލަން އަހަރެމެން ތައްޔާރު،" ވާންސް ވިދާޅުވިއެވެ.

އީރާނުން ބުނީ އެ ގައުމުގެ ނިއުކްލިއަ ހަރަކާތްތަކަކީ ގާނޫނީ އިމުގެ ތެރޭގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

"އަހަރެމެންގެ ނިއުކްލިއަ ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ހައްގު އަހަރެމެން ދުލެއް ނުކޮށްލައިނަން. އަހަރެމެން ޔުރެނިއަމް ފައްކާކުރުމަށް އިހްތިރާމް ކުރަންވާނެ،" އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ވިދާޅުވިއެވެ.

ސްވިޓްޒަލެންޑްގައި އެމެރިކާ އާއި އީރާނުން ވާހަކަތައް މި ކުރިއަށްގެންދަނީ އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓައިލުމުގެ ސީޒްފަޔާއެއް ވެސް ގާއިމުކޮށްފައި، ނަމަވެސް ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *