Support Us

ހާމަނާއީ ފަސްދާނުލާން ހަމަޖެއްސީ ޖުލައި 9 ގައި

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަ އެ ދުވަހު ދިން ހަމަލާއަކުން އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަންނަ މަހު ނުވައެއްގައި ފަސްދާނުލާން ހަމަޖައްސައިފިއެވެ.

އީރާންގައި 1989 އިން ފެށިގެން ވެރިކަންކުރެއްވި، އުމުރުން 89 އަހަރުގައި އަވަހާރަކޮށްލި ހާމަނާއި (ފޮޓޯ) ފާސްދާނުލާނީ އޭނާގެ އުފަން ސަހަރުކަމަށްވާ މަޝްހަދުގައިކަމަށް ހާމަނާއީ ފަސްދާނުލުމުގެ އިންތިޒާމުތައް ހިންގާ ކޮމިޓީން ބުންޏެވެ.

"ހާމަނާއީ ފަސްދާނުލުމުގެ ކުރިން ތިން ދުވަހު ހިތާމަފާޅުކުރުން ވެރިރަށް ތެހްރާންގައި ކުރިއަށްގެންދާނަން،" އެ ކޮމިޓީން ބުންޏެވެ.

ފަސްދާނުލުމުގެ ކުރިން ހާމަނާއީގެ ހަށިކޮޅު އިރާގަށް ގެންދިއުމަށް ވެސް ހަމަޖައްސައިފައިވާކަމަށް ތެހްރާންގެ މޭޔަރު އަލީ ރިޒާ ޒާކާނީ ބުންޏެވެ. އިރާގާއި އީރާނަކީ ޝީއައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ހަމައެކަނި ދެ ގައުމެވެ.

ހާމަނާއީ ފަސްދާނުލާން ކުރިން ހަމަޖައްސައިފައި އޮތީ މާރޗްގައެވެ. ނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ކުރިއަށްގެންދިއުމުން އޭނާ ފަސްދާނުލުން މަޑުޖައްސައިލީއެވެ.

ހާމަނާއީ އަވަހާރަކޮށްލުމުން އީރާންގެ ސުޕްރީމް ލީޑަރަކަށް އިންތިހާބުކޮށްފައިވަނީ އޭނާގެ ދަރިކަލުން މުޖުތަބާ ހާމަނާއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *