Support Us

ސޫދާންގެ ވެރިރަށް ޚަރްތޫމުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ޑްރޯނުން ހަމަލާދީފައި

ސޫދާންގައި މި އަހަރުގެ މިހާތަނަށް ޑްރޯން ހަމަލާތަކުގައި 1،000 އާއްމުން މަރުވެއްޖެ: އދ.

ސޫދާންގެ އަހުލީ ހަނގުރާމައިގައި ވޭތުވެދިޔަ ފަސް މަސް ތެރޭގައި ޑްރޯން ހަމަލާތަކުން 1،000 އަށްވުރެ ގިނަ އާއްމުން މަރުވެއްޖެކަމަށް އދ.އިން ބުނެފިއެވެ.

އދ.އިން އިއްޔެ ބުނީ ހަތަރުވަނަ އަހަރަށް އެޅިފައިވާ ހަނގުރާމައިގައި އިންސާނުން ނުތިބޭ ވައިގެ އުޅަނދުތައް ބޭނުންކުރުން އިތުރުވެފައިވާ ކަމަށެވެ.

ސްވިޒަލެންޑްގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ވާހަކަދައްކަމުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓާކް ބުނީ މި ދިޔަ ޖެނުއަރީއާއި މެއިއާ ދެމެދު 1،000 އަށްވުރެ ގިނަ އާއްމުން ޑްރޯން ހަމަލާތަކުގައި މަރުވެފައިވާކަން އދ.ގެ މޮނިޓަރުންނަށް ރެކޯޑްކުރެވިފައިވާކަމަށެވެ.

"ހަނގުރާމައިގައި ޑްރޯން ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވޭ،" އޭނާ ބުންޏެވެ.

ޓާކް ބުނީ ސޫދާންގައި ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު ހަނގުރާމައިގައި ފުޅާ ދާއިރާއެއްގައި އާއްމުންނަށް ޖިންސީ އަނިޔާކުރަމުންދާކަމަށާއި ގައުމުގެ އިންސާނީ ހާލަތް ގޯސްވަމުންދާކަމަށެވެ.

ހަނގުރާމަ ފެށީ 2023 ގެ އެޕްރިލްގައި ސޫދާންގެ މިހާރުގެ ލީޑަރު އަދި ރަސްމީ އަސްކަރިއްޔާގެ ވެރިޔާ އަބްދުލްފައްތާހުލްބުރްހާން އާއި ސޫދާންގެ އަސްކަރީ ގޮތްޕެއްކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)ގެ ވެރިޔާ މުހައްމަދު ހަމްދާން ދަގަލޫއާ ދެމެދު މައްސަލަ ޖެހުމުންނެވެ. އަބްދުލްފައްތާހުލްބުރްހާން ސޫދާންގައި ވެރިކަންކުރަން ފެށީ 2019 ގައި އަސްކަރީ ބަޣާވާތަކުން ވެރިކަމުން ދުރުކުރި ރައީސް އުމަރުލްބަޝީރުގެ ބަދަލުގައި އާ ރައީސަކު ގެނެވެންދެނެވެ. އުމަރުލްބަޝީރު ވެރިކަމުން ވައްޓައިލީ ރައީސްކަމުގައި 30 އަހަރު ހޭދަކުރައްވައިފައިވަނިކޮށް އޭނާއާ ދެކޮޅަށް ފެށި އާއްމުންގެ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުން އަސްކަރިއްޔާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *