Support Us

އިސްރާއީލު ސިފައިން ޣައްޒާގެ 3 އަހަރުގެ ކުއްޖެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ޣައްޒާގެ ތިން އަހަރުގެ ފިރިހެން ކުއްޖެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

އިއްޔެ ޣައްޒާގެ ދައިރުލްބަލަހު ސަހަރުގައި ރަޔާން ބަހާއު އަބޫ އަލްއަޖީން (ފޮޓޯ)ގެ ބޮލަށް އެރި ވަޒަން އަނެއްކޮޅުން ނިކުތީ އޭނާގެ ލޮލުންނެވެ. އެއީ އޭނާގެ ބައްޕަ ބަހާއު އޭނާ އުރައިލައިގެން އާއިލާގެ ދަނޑުން ދަނިކޮށެވެ.

ބަހާއުގެ ފަޔަށް ވެސް ބަޑިޖެހުމުން ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ރަޔާންގެ ހަށިގަނޑު އަލްއަގްސާ މާޓާސް ހޮސްޕިޓަލަށް ގެންދިޔައީ މިއަދުއެވެ.

ދެބަފައިންނާ ދިމާއަށް ބަޑިޖެހީ އާއިލާގެ ގްރީންހައުސްތަކާ ދިމާއަށް ދަނިކޮށެވެ. އެއީ އިސްރާއީލުގެ އަސްކަރިއްޔާގެ ސީދާ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ނޫނެވެ.

ރަޔާންގެ ކާފަ ޖާބިރު ބުނީ އާއިލާގެ ދަނޑާ ޖެހިގެން ހުންނަ ގޭގައި އޭނާ ހުއްޓައި ބަޑިޖަހާ އަޑު އިވުނުކަމަށެވެ. އަދި އެނގުނީ ބަހާއު އާއި އެހެން ތިމާގެ މީހަކާ ދިމާއަށް ވެސް އިސްރާއީލު ސިފައިން ބަޑިޖެހިކަމެވެ. ދެން އެނގުނީ ރަޔާން ޝަހީދުކޮށްލިކަމެވެ.

ޖާބިރު ބުނީ ރަޔާންގެ މަންމައަށް ވަނީ ފުން ހިތާމައެއް ލިބިފައި ކަމަށާއި ބަހާއު އިސްރާއީލު ސިފައިން ކޮންޓްރޯލްކުރާ ސަރަހައްދަކަށް ފުރަތަމަ ގެންދިއުމުން ހަތް ވަރަކަށް ގަޑިއިރު އޭނާގެ ފައިން ލޭ އައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ އެއަށްފަހުކަމަށެވެ.

"ބަހާއުގެ ހާލަތާމެދު އަދިވެސް އަހަރެމެން މި ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. އެތައް ގަޑިއިރެއް ވަންދެން ލޭ އައުމުން އޭނާގެ ހާލަތު އަދިވެސް ހަމައަކަށް ނޭޅޭ. އޭނާގެ ފައިގެ ހާލަތު ވަރަށް ސީރިއަސް،" ޖާބިރު ބުންޏެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އިސްރާއީލު އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އިސްރާއީލުން މި ދިޔަ އަހަރު އޮކްޓޫބަރުގައި ޣައްޒާ ހިންގާ ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރިޔަސް އެ ސީޒްފަޔާ މުގުރައިލައިފައި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެ ސީޒްފަޔާ މުގުރައިލި ފަހުން މިހާތަނަށް 1،000 އެއްހާ ފަލަސްތީން މީހުން ޝަހީދުވެއްޖެއެވެ. އެހެންކަމުން 2023 ގެ އޮކްޓޫބަރުގައި ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޖުމުލަ 73،000 އަށްވުރެ ގިނަ ފަލަސްތީން މީހުން ޝަހީދުވެއްޖެއެވެ.

ގިނަ މީހުން ޝަހީދުވެފައިވަނީ ސީޒްފަޔާގައި ކަނޑައެޅި "ރީނދޫ ރޮނގު" ފަހަނަޅައި، އިސްރާއީލު ސިފައިން ޣައްޒާގެ އެތެރެއަށް ވަދެ ހަމަލާދެމުންދާތީއެވެ.

ޖާބިރު ބުނީ ރީނދޫ ރޮނގާ ކައިރީގައި އޭނާގެ އާއިލާ އުޅޭތީ ކުރީއްސުރެ ވެސް އެ ކަމާ ކަންބޮޑުވާކަމަށެވެ.

"މި ސަރަހައްދުގައި އަހަރެމެން ދިރިއުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. އަހަރެމެންނަކީ ހަމައެކަނި ދަނޑުވެރިކަންކޮށްލައިގެން އުޅޭ އާއްމު ބައެއް. އަހަރެމެންގެ ހުރިހާ ބިމެއް އޮތީ ރީނދޫ ރޮނގުން ބޭރުގައި،" ޖާބިރު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *