Support Us

ރަޝިޔާ ސިފައިންނާ ރައީސް ވްލަޑިމިއަ ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ

ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުން ރަޝިޔާގެ އިގުތިސާދާއި މުޖުތަމައަށް ދަނީ ގެއްލުން ލިބެމުން: ޕުޓިން

ޔޫކްރެއިނުން ދެމުންދާ ހަމަލާތަކުން ރަޝިޔާގެ އިގުތިސާދާއި މުޖުތަމައަށް ގެއްލުން ލިބެމުންދާކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވެއްޖެއެވެ.

"އެކަމަކު އެ ގެއްލުންތަކުން ރަޝިޔާއިން އަރައިގަންނަމުންދަނީ ހަލުއިކޮށް،" ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން މީގެ ހަތަރު އަހަރު ކުރިން ފެށި ހަނގުރާމައިގައި ހަރަކާތްތެރިވާ ސިފައިންނާ ހުކުރު ދުވަހު ބައްދަލުކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގައި ޑްރޯނާއި މިސައިލުން ޔޫކްރެއިނުން ދަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކާއި ތެޔޮ ރައްކާކުރާ ގުދަންތަކާއި އަދި ރަޝިޔާގެ އެތެރޭގައި ހުރި ތެޔޮ ދަތުރުކުރާ ހޮޅިތަކަށް ހަމަލާދެމުންނެވެ. މި ކަމުގެ ސަބަބުން 2014 ގައި ރަޝިޔާއިން ހިފި ޔޫކްރެއިންގެ ކްރައިމީއަ ޕެނިންސިއުލާގެ ތެޔޮ ސަޕްލައިއަށް ހުއްޓުން އަރައި، ކްރައިމީއަގެ ރައްޔިތުންނަށް ތެޔޮ ލިބުން މަދުވެފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންގެ އަމާޒަކީ ރަޝިޔާގެ ތެރޭގައި ބައިބައިވުން އުފެއްދުންކަމަށެވެ.

"ޔަގީނުން ވެސް ޔޫކްރެއިނުން އަހަރެމެންނަށް ދަނީ ގެއްލުންދެމުން. އެކަމަކު އެ ކަމުން އަހަރެމެން އަރައިގަންނަނީ ހަލުއިކޮށް،" ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ގެއްލުންތައް އިތުރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާއަށް ދެމުންދާ ހަމަލާތަކަކީ ރަޝިޔާއިން ޔޫކްރެއިންގެ ސަހަރުތަކަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ރަޝިޔާއަށް ދެމުންދާ ހަމަލާތަކަކަށްވާތީ ރަޝިޔާއަށް ހަމަލާދިނުން ޔޫކްރެއިނަށް ހައްގުކަމަށެވެ.

"އަހަރެމެންނަށް ގެއްލުނު ބިންތަކަށްވުރެ ދާދި ފަހުން އަނބުރާ ލިބުނު ބިންތައް ގިނަ،" ޔޫކްރެއިންގެ ކޮމާންޑާ-އިން-ޗީފް އޮލެކްސަންޑާ ސީރްސްކީ ބުންޏެވެ.

ރަޝިޔާ އާއި ޔޫކްރެއިނުން މިހާރު ދަނީ އެއް ގައުމުން އަނެއް ގައުމަށް ދުރު ރާސްތާގެ ހަމަލާތައް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *