Support Us

ޕާކިސްތާނުން އަފްޣާނިސްތާނަށް މި ދިޔަ ފެބްރުއަރީގައި ހަމަލާދީފައި

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ހަމަލާތަކެއްގައި 11 ކުދިންނާއެކު 13 މަރު

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި 11 ކުޑަކުދިންނާއެކު 13 މީހުން މަރުވެއްޖެއެވެ.

ދެކުނު އޭޝިއާގެ ދެ އަވަށްޓެރިންގެ ދެމެދުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި އަފްޣާނިސްތާންގެ ބޯޑަރުގައި އޮންނަ ތިން ޕްރޮވިންސަކަށް ރޭ ދިން ހަމަލާތަކުގައި 14 މީހުން ޒަހަމް ވެސް ވިއެވެ.

އަފްޣާނިސްތާންގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލްމަތީން ޣަނީ ހަމަލާތައް ކުށްވެރިކުރިއެވެ.

"ޕާކިސްތާނުން އާއްމުންނަށް އަމާޒުކުރި. މި ފަދަ އަމަލުތަކަށް ޖަވާބު ނުދީއެއް ނުހުންނާނަން،" އޭނާ ބުންޏެވެ.

އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުގެ އޮފިޝަލުން ބުނީ ހަމަލާތަކާމެދު ދެކޭނީ މިއީ ޕާކިސްތާނުން އަފްޣާނިސްތާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.

ޕާކިސްތާނުން މިހާތަނަށް ހަމަލާތަކާމެދު އެއްޗެއް ނުބުނެއެވެ.

ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދޭން ފެށީ 2021 ގައި އެމެރިކާ އާއި އެމެރިކާގެ ރަހްމަތެރި ގައުމުތަކުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން، ތޯލިބާން ޖަމާއަތުން އަފްޣާނިސްތާންގެ ސަރުކާރާ ހަވާލުވި ހިސާބުންނެވެ. ހަމަލާދެނީ، ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، އަފްޣާނިސްތާންގައި ހިމާޔަތް ދީފައިވާ ޕާކިސްތާންގެ ތޯލިބާން ޖަމާއަތް ތަހްރީކޭ ތޯލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)އިން ޕާކިސްތާނަށް ހަމަލާދޭތީއެވެ. ހަމަލާތައް އަމާޒުކުރަނީ ޓީ.ޓީ.ޕީގެ ހަނގުރާމަވެރިން ފިލައި ތިބޭ މަރުކަޒުތަކަށް ކަމަށް ޕާކިސްތާނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *