Support Us

ފިލިޕީންސްގެ މިންޑަނައޮ ޖަޒީރާގެ ޖެނެރަލް ސަންޓޮސް ސިޓީގައި މިއަދު ރެސްޓޯރެންޓެއް ވެއްޓިފައިވާ ސަރަހައްދުގައި ފުލުހުން

ފިލިޕީންސްއަށް އައި ވަރުގަދަ ބިންހެލުމުގައި 19 މަރު

ފިލިޕީންސްއަށް މިއަދު އައި ވަރުގަދަ ބިންހެލުމުގައި މަދުވެގެން 19 މީހުން މަރުވެއްޖެއެވެ.

އެ ގައުމުގެ ދެކުނުގައި އޮންނަ މިންޑަނައޮ ޖަޒީރާގެ އައްސޭރިފަށަށް އައި ބިންހެލުމުގައި އެ ޖަޒީރާގެ ޖެނެރަލް ސަންޓޮސް ސިޓީ އާއި އެ ސަހަރުގެ ކައިރީގައި އޮންނަ ޕްރޮވިންސްތަކުން 200 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވި ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ. ޖެނެރަލް ސަންޓޮސް ސިޓީއަކީ ފިލިޕީންސްގެ 13 ވަނައަށް އެންމެ އާބާދީ ބޮޑު ސަހަރެވެ.

ބާރުމިނުގައި 7.8 އާއި 8.2 ގެ މެގްނިޓިއުޑްގައި އައި ބިންހެލުމާ ގުޅިގެން ދެކުނުއިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ސުނާމީގެ އިންޒާރު ދީފައި މިހާރު އެ އިންޒާރުތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

ޖެނެރަލް ސަންޓޮސް ސިޓީ އާއި އެ ސަހަރާ ކައިރި ޕްރޮވިންސްތަކުގައި އިމާރާތްތައް ވެއްޓުނެވެ. ސްކޫލްތަކާއި އެއާޕޯޓްތައް ވަގުތީ ގޮތުން ބަންދުކުރިއެވެ.

"ސަރުކާރުގެ ހުރިހާ އިދާރާއެއް ވަނީ މީހުންގެ ފުރާނަ ސަލާމަތްކޮށް، ބިންހެލުމުގެ އަސަރުކޮށްފައިވާ ކޮމިއުނިޓީތަކަށް އެހީވާން މޮބިލައިޒްކޮށްފައި،" ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާ ވިދާޅުވިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ވަރުގަދަ އާފްޓަޝޮކްތައް އައުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *