Support Us

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން (ކ) އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ

ޒެލެންސްކީއާ މި ވަގުތު ބައްދަލުކުރުމުގެ މާނައެއް ނެތް: ޕުޓިން

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީއާ މި ވަގުތު ބައްދަލުކުރުމުގެ މާނައެއް ނެތް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަރުގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް ދަނީ ޑްރޯން އާއި މިސައިލުން ހަމަލާދެމުންނެވެ.

ހުކުރު ދުވަހު ރަޝިޔާގައި އޮތް އެ ގައުމުގެ އިގުތިސާދާ ބެހޭ އެންމެ މުހިންމު ފޯރަމްގައި ޕުޓިން ވިދާޅުވީ ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ފަށައިފައިވާ ހަތަރު އަހަރު ވީ ހަނގުރާމައިގެ މި މަރުހަލާގައި ޒެލެންސްކީއާ ބައްދަލުކުރުމުގެ މާނައެއް ނެތް ކަމަށެވެ.

"ސުލްހައިގެ ވާހަކަތަކުން ހަރުދަނާ އެއްބަސްވުންތަކެއް ފުރަތަމަ އުފައްދަން ޖެހޭ. ރަޝިޔާގެ އަމާޒުތައް ހާސިލުވަންދެން އަހަރެމެންގެ އަސްކަރީ ކެމްޕޭން ކުރިއަށްގެންދާނަން،" ޕުޓިން ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމާއެކު ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ޑިޕްލޮމެޓިކް ހައްލުތަކާ ދެކޮޅު ކަމަށެވެ. އަދި ރަޝިޔާއިން ދަނީ ޔޫކްރެއިން ހަނގުރާމަ ދިގުދަންމަމުން ކަމަށެވެ.

"ރަޝިޔާއިން އަނެއްކާވެސް މި ވަނީ ހަނގުރާމަ ހިޔާރުކޮށްފައި. އެއީ އަހަރެންނާ ސީދާ ބައްދަލުކުރަން ޕުޓިން ދެކޮޅު ހެދުމުން،" ޒެލެންސްކީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *