Support Us

އިންޑިއާގައި ރޯވި ހޮޓަލުން ފުންމައިލި ކުދިން، އަންހެނުން ވެސް މަރުވި 21 މީހުން ތެރޭގައި

އިންޑިއާގެ ވެރިރަށް ދިއްލީގައި ރޯވި ފަސް ބުރީގެ ހޮޓަލަކުން ފުންމައިލި ކުޑަކުދިންނާއި އަންހެނުން ވެސް މަރުވި 21 މީހުންގެ ތެރޭގައި ހިމެނޭކަން ހާމަވެއްޖެއެވެ.

އިއްޔެ ހިނގި ހާދިސާގައި މި ގޮތަށް ކަންތައްތައް ދިމާވިކަން ހާމަވީ މަންޒަރު ދުށް މީހުންގެ ފަރާތުންނެވެ.

"މަތީގެ ފަންގިފިލާތަކުން ކުޑަކުދިން ގޮވައިގެން އަންހެނުން ފުންމައިލި މަންޒަރު އަހަރެން ދުށިން،" ހޮޓަލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ސަރަޖަނަ ބުންޏެވެ.

އޭނާ ބުނީ ކުއްލި ހާލަތުގައި އެހީ ދޭ މީހުން އެ ހިސާބަށް އައުން ލަސްވި ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ވޮލަންޓިއަރު މުހައްމަދު ޝުއައިބު ބުނީ ބިންމަތީގައި ގޮދަޑި ފަތުރައިގެން މަތީ ފަންގިފިލާތަކުން ފުންމައިލި މީހުން ސަލާމަތްކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހީވި ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނުނު މި ހާދިސާގައި 40 މީހުން ސަލާމަތްކުރެވުނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބައެއްގެ ހާލަތު ސީރިއަސްކަމުން ފަރުވާ ދެމުންދަނީ އައި.ސީ.ޔޫގައެވެ.

ރަސްމީ އިދާރާތަކުން ބުނީ އަލިފާން ހިފީ ގްރައުންޑް ފްލޯގައި ހުރި ރެސްޓޯރަންޓްގައި ކަމަށް ބެލެވޭ ކަމަށާއި މަތީ ފަންގިފިލާތަކަށް އަލިފާން ދެން ފެތުރުނީ ކަމަށް ބެލެވޭ ކަމަށެވެ.

ތަހުގީގު ކުރިއަށްގެންދަމުން ފުލުހުން މިހާރު ވަނީ އިމާރާތުގެ ވެރިޔާ ލަވްކޭޝް ބަޖާޖު ހައްޔަރުކޮށް، ގަސްދުގައި ނޫން ގޮތަކަށް މީހުން މެރުމުގެ ތުހުމަތުކޮށްފައެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ ހުއްދަ ދިނީ ހަ ކޮޓަރިއަށް ކަމަށް ވިޔަސް ހޮޓަލުން 25 ކޮޓަރި އޮޕަރޭޓްކުރަމުންދިޔަ ކަމަށެވެ. އަދި ބޭރަށް ނުކުންނަން ހުންނަ ދޮރުތައް ބަންދުކޮށްފައި ހުރި ކަމަށާއި ހޮޓަލްގެ ބޭސްމަންޓްގައި ވެސް މެހެމާނުންނަށް އެކޮމޮޑޭޝަން ދީފައި ހުރި ކަމަށެވެ.

އަލިފާނުން ރައްކާތެރިވާ ނިޒާމުތަކާއި އިމާރާތަށް ބަދަލުގެނައުމާއި ތޮއްޖެހޭ ވަރަށް މީހުން ބޭތިއްބުމުގެ ބަހުސް މި ހާދިސާގެ ސަބަބުން އަނެއްކާވެސް ވަނީ އިންޑިއާގައި ވާހަކަދެކެވޭ މައުލޫއަކަށްވެފައެވެ.

މިއީ 2022 ގެ ފަހުން އިންޑިއާގައި ހިނގި އެންމެ ސީރިއަސް އަލިފާނުގެ ހާދިސާއެވެ. އެ ފަހަރު ވިޔަފާރިކުރާ އިމާރާތެއްގައި އަލިފާން ހިފައި 27 މީހުން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *