Support Us

އިންޑިއާ، ނޭޕާލް ބޯޑަރު ޒުވާބު އަނެއްކާވެސް ހޫނުވެއްޖެ

ދެކުނު އޭޝިއާގެ ދެ އަވަށްޓެރިން ކަމަށްވާ އިންޑިއާ އާއި ނޭޕާލްގެ ބޯޑަރާމެދު ކުރާ ޒުވާބު އަނެއްކާވެސް ހޫނުވެއްޖެއެވެ.

މި ގޮތަށް މި ކަން ދިމާވީ ދެ ސަބަބަކާ ހުރެއެވެ. އެއް ކަމަކީ، ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމުގެ ބިން ވެރިކުރަމުންދާ ކަމަށް ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރު ބަލެންދްރަ ޝާހު (ފޮޓޯ) ވިދާޅުވުމެވެ. އާދީއްތަ ދުވަހު އޭނާ މި ގޮތަށް ވިދާޅުވީ މި އަހަރު ކުރީކޮޅު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންފައި އޭނާ ޕާލަމަންޓާ މުހާތަބު ކުރެއްވި ފުރަތަމަ ފަހަރުގައެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވަރެސްޓް ހުންނަ ހިމާލިޔާ ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ ނޭޕާލްގެ ތިން ސަރަހައްދެއްގެ ބިން އިންޑިއާއިން ހިފަމުންދާ ކަމަށް ކުރިން ތުހުމަތުކޮށްފައި ވިޔަސް، ނޭޕާލުން ވެސް އިންޑިއާގެ ބިން ހިފަމުންދާ ކަމަށް ނޭޕާލުން ބުނި މިއީ ފުރަތަމަ ފަހަރެވެ.

ނޭޕާލުން ކުރިން އިންޑިއާއަށް ކަނޑައަޅައިފައި ހުރި ސަފީރު ނީލަމްބަރު އަޗަރްޔާ، ބަލެންދްރަގެ ވިދާޅުވުމާ ދެކޮޅުހަދަމުން ބުނީ އިންޑިއާގެ އެއްވެސް ބިމެއް ނޭޕާލުން ހިފައިފައިނުވާ ކަމަށެވެ.

ޒުވާބު ހޫނުވި އަނެއް ސަބަބަކީ އިންޑިއާ އާއި ނޭޕާލާ ދެމެދު އުފެދިފައިވާ ބޯޑަރުގެ އެ ތިން ސަރަހައްދުގެ މައްސަލަތައް ހައްލުކުރަން އިނގިރޭސި ވިލާތް ކަހަލަ ތިންވަނަ ގައުމެއްގެ އެހީ ހޯދަން ބަލެންދްރަ ގޮވައިލެއްވުމުންނެވެ.

ތިން ވަނަ ގައުމެއްގެ އެހީ ހޯދުމާ އިންޑިއާއިން ދެކޮޅުހެދިއެވެ. އިންޑިއާއިން އިއްޔެ ބުނީ ބައިލެޓްރަލްކޮށް، ދެ ގައުމުން ވާހަކަދައްކައިގެން ބޯޑަރު މައްސަލަތައް ހައްލުކުރެވޭނެ ނިޒާމުތައް އެބަހުރި ކަމަށެވެ.

"ތިން ވަނަ ގައުމެއް ކުޅޭނެ ރޯލެއް ނެތް. މި މައްސަލަ ހައްލުކުރަން ޖެހޭނީ ދެ ގައުމުގެ ބައިލެޓްރަލް ގުޅުމުގެ ތެރެއިން،" އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *