Support Us

ޒަހަމް ވި ކުޑަ އަންހެންކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ

އަފްޣާނިސްތާން ރެފިއުޖީން ދަތުރުކުރި ލޮރީއެއް ފުރޮޅައިލައި 10 ކުދިން ހިމެނޭ ގޮތަށް 22 މަރު

ޕާކިސްތާނުން އަފްޣާނިސްތާނަށް ދަތުރުކުރި ލޮރީއެއް ފުރޮޅައިލައި 10 ކުޑަކުދިންނާއި ފަސް އަންހެނުން ހިމެނޭ ގޮތަށް އަފްޣާނިސްތާންގެ 22 ރެފިއުޖީން މަރުވެއްޖެއެވެ.

އަފްޣާނިސްތާންގެ ލަގްމަން ޕްރޮވިންސްގައި ހިނގި މި ހާދިސާގައި ވެރިރަށް ކާބުލް އާއި ނަންގަރްހަރް ޕްރޮވިންސާ ގުޅޭ ހަލިމަގަކުން ޑިޗްއަކަށް ނުވަތަ ފެން ހިންދާ ކޯރަކަށް ހޮނިހިރު ދުވަހު ލޮރީ ވެއްޓުމުން 36 މީހުން ޒަހަމް ވެސް ވި ކަމަށް އޮފިޝަލުން ބުންޏެވެ.

ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު އަބްދުލް މާލިކު ނިޔާޒީ ބުނީ ލޮރީގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ޕާކިސްތާންގައި ދިރިއުޅޭ ލިޔެކިޔުން ނެތް އަފްޣާނިސްތާން ރައްޔިތުންނާ ދެކޮޅަށް ޕާކިސްތާނުން ފިޔަވަޅު އަޅަން ފެށުމުން އަފްޣާނިސްތާނަށް އެނބުރި އައި ރެފިއުޖީން ކަމަށެވެ.

"ޒަހަމް ވި މީހުން ގެންދިޔައީ ނަންގަރްހަރް ޕްރޮވިންސްގައި ހުރި ހޮސްޕިޓަލްތަކަށް،" އޭނާ ބުންޏެވެ.

ޒަހަމް ވި މީހުންނަށް ހޮސްޕިޓަލެއްގައި ފަރުވާ ދެނީ

ޕްރޮވިންސްގެ އާއްމު ސިއްހަތާ ބެހޭ ޑިރެކްޓަރު އަމީނުﷲ ޝަރީފު ބުނީ ލޮރީ ޑިޗަށް ވެއްޓުނީ ޑްރައިވަރަށް ނިދިޖެހުމުން ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ މި ހިނގީ އެތައް ލައްކަ އަފްޣާނިސްތާން ރެފިއުޖީން ޑިޕޯޓްކުރުމުގެ ކެމްޕޭނެއް ޕާކިސްތާނުން 2023 ގައި ހިންގަން ފެށި ފަހުންނެވެ. އަދި ޕާކިސްތާންގެ ތޯލިބާން ޖަމާއަތް އަފްޣާނިސްތާންގައި ތިބެގެން ޕާކިސްތާނަށް ހަމަލާދެމުންދާތީ ދެ ގައުމުގެ ގުޅުން ގޯސްވެ، ހަމަލާ ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *