Support Us

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި އަޟްހާ އީދު ނަމާދުކުރަނީ

އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި އާއްމު ތަންތާނގައި އީދު ނަމާދުކުރަން ހުއްދައެއް ނުދިން

އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި އަޟްހާ އީދު ފާހަގަކުރަނީ މާދަމާ ކަމަށްވާއިރު އާއްމު ތަންތާނގައި އީދު ނަމާދުކުރަން ގިނަ ސްޓޭޓްތަކުން ހުއްދައެއް ނުދިނެވެ.

ބައެއް ސިޓީތަކުގައި މިސްކިތްތައް ހިންގާ ފަރާތްތަކުން އަންގައިފައިވަނީ އެ މިސްކިތްތައް ފުރިގެން މަގުމަތީގައި މީހުންނަށް އީދު ނަމާދުކުރަން ޖެހިދާނެތީ ޝިފްޓް ބަހައިގެން އީދު ނަމާދުކުރުމަށެވެ.

"އީދު ފާހަގަކުރުމުގެ ކުރިން ފުލުހުން ދޭ އިންޒާރުތަކާއި އަންނަ ސިޔާސީ ޕްރެޝަރާހެދި އަހަރެމެން ތިބެނީ ބިރުން،" އިންޑިއާގެ މުސްލިމަކު ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއަށް ބުންޏެވެ.

މަގުމަތީގައި އީދު ނަމާދުކުރުން މަނާކުރުމަށް ހިންދީ ދީނުގެ ބައެއް ގްރޫޕްތަކުން ގޮވައިލައިފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ އާއްމު ތަންތާނގައި އީދު ނަމާދު ކުރިޔަ ނުދިނުން ފަދަ ކަންތައްތަކުން ހާމަވަނީ ހިންދީ ދީނަށް ނިސްބަތްވާ ގްރޫޕްތަކުން އިންޑިއާގެ އަޣްލަބިއްޔަތު ނެތް މުސްލިމުންނަށް ކުރަމުންދާ ޕްރެޝަރު އިތުރުވަމުންދާކަން ކަމަށެވެ. ނަމަވެސް ރަސްމީ އިދާރާތަކުން ބުނީ މިއީ އާއްމު މަސްލަހަތު ރައްކާތެރި ކުރުމުގެ އިތުރުން މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *