Support Us

ލާއޮސްގެ ފެންބޮޑުވި ހޮހަޅައިގައި ހަފުތާއެއް ވަންދެން ތާށިވެފައިވާ ހަތް މީހުން ސަލާމަތުން ތިބިކަމަށް ބެލެވޭ

ލާއޮސްގެ ފެންބޮޑުވި ހޮހަޅައެއްގައި މި ދިޔަ ބުދަ ދުވަހުން ފެށިގެން ތާށިވެފައިވާ ހަތް މީހުން ދިރިތިބި ކަމަށް ބެލެވޭ ކަމަށް ހޮހަޅައަށް ވަން އަދި ފަހުން ސަލާމަތްވި މީހަކު ބުނެފިއެވެ.

"ހޮހަޅައިގެ ތެރޭގައި ވައި ހުރި ގޮޅިއެއް އެބަހުރި،" ސަލާމަތްވި މީހާ ބުންޏެވެ.

އެ ގައުމުގެ މެދުތެރޭ ސަރަހައްދުގެ ސައިސަމްބޫން ޕްރޮވިންސްގައި ވިލެޖެއްގެ ހަތް މީހުން ހޮހަޅައިގައި ތާށިވީ ރަން ހޯދަން ވަދެ އުޅެނިކޮށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ގޮސް ހޮހަޅައަށް ވަންނަ ތަން ބެދި، ހޮހަޅަ ތެރޭގައި ފެންބޮޑުވުމުންނެވެ.

ހަތް މީހުން ސަލާމަތްކުރުމުގައި ބައިނަލްއަގުވާމީ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 2018 ގައި ތައިލެންޑްގެ ހޮހަޅައެއްގެ ތެރޭގައި ދެ ހަފުތާ ވަންދެން ތާށިވި ކުޑަކުދިންގެ ފުޓުބޯޅަ ޓީމު ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހުން ވެސް ހިމެނެއެވެ.

ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި ހޮހަޅައިގެ ތެރޭގައި ކިސަޑު ހުރުމާއި އިތުރަށް ފެންބޮޑުވަމުންދިއުން ހިމެނެވެ. މިހެންވެ ހޮހަޅައިން ފެން ބޭރުކުރުމުގެ މަސައްކަތް ވެސް ކެނޑިނޭޅި ދަނީ ކުރަމުންނެވެ.

"ހޮހަޅައިގެ ތެރޭގައި ހުރި މަގުތައް ވަރަށް ހަނި. މިހެންވެ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ،" މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ކަންތައްތައް މިހެން ހުރި ނަމަވެސް އަދި މޫސުން ގޯސް ނަމަވެސް ހަތް މީހުން ސަލާމަތްކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުން ބުންޏެވެ.

"ތާށިވެފައިވާ މީހުން މިހާރު ތިބީ އަހަރެމެންނާ އެހާ ދުރަކު ނޫން،" ޓީމުގައި ހިމެނޭ ތައިލެންޑްގެ މީހެއް ކަމަށްވާ ކެންގްކާޑް ބޮންގްކަވޯންގް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *