Support Us

އެޕްރިލް 2018 ގައި ކުއްޖަކު ރޭޕްކޮށް މަރައިލި މައްސަލައެއްގައި ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި އަންހެނުން މުޒާހަރާކުރަނީ

12 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށް މަރައިލި ކަމަށް ބެލެވޭ ކޭހެއް އިންޑިއާގައި ފެންމަތިވެއްޖެ

އުމުރުން 12 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށް މަރައިލި ކަމަށް ބެލެވޭ ކޭހެއް އިންޑިއާގެ ކަޝްމީރުގައި އިންޑިއާގެ ބާރު ހިނގާ ފަޅީގައި ފެންމަތިވެއްޖެއެވެ.

ކުއްޖާ ގެއްލުނު ކަމަށް ރިޕޯޓްކުރީ ބަޑްގޯމް ޑިސްޓްރިކްޓްގެ ގަލްވަންޕޯރާ ވިލެޖްގައި ކުއްޖާ ދިޔަ ދީނީ މަދަރުސާއިން ހޮނިހިރު ދުވަހު އެނބުރި ނައުމުންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭގެ އަނެއް ދުވަހު އޭނާގެ ގެއާ 200 މީޓަރު ކައިރިންނެވެ.

"ފެންނަ ފެނުމަށް ބެލެވެނީ މިއީ ރޭޕްކޮށް، މަރައިލި ކޭސްއެއް ކަމަށް. މި މައްސަލައިގެ ހަގީގަތް ހޯދައި ކުށްކުރި މީހުން އަވަހަށް ހައްޔަރުކުރާނަން،" ބަޑްގޯމްގެ ފުލުހުންގެ އިސް ސުޕަރިންޓެންޑެންޓް ހަރީޕްރަސާދް ކޭ ކޭ ބުންޏެވެ.

މި ކަމާ ގުޅިގެން ބަޑްގޯމް ޑިސްޓްރިކްޓްގެ މަގުތަކުގައި ވަނީ ފުޅާ ދާއިރާއެއްގައި މުޒާހަރާކޮށްފައެވެ.

ޖައްމޫ އަދި ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަހަރެމެންގެ ޅަ ކުދިންގެ ރައްކާތެރިކަން ނެތުމުން މުޖުތަމައެއް ގޮތުން އަހަރެމެން މި ދާ ދިމާއާމެދު ވިސްނަން ޖެހޭ،" އޭނާ ބުންޏެވެ.

ކުށްތަކުގެ ތަފާސްހިސާބުތައް ބަލަހައްޓާ ގައުމީ އިދާރާގެ މައުލޫމާތުތަކަށް ބަލާއިރު ޖައްމޫ އަދި ކަޝްމީރުގައި 2024 ގައި ކުޑަކުދިންނާ ދެކޮޅަށް 887 ކުށް ހިންގި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 308 ކޭސް ރެޖިސްޓާ ކޮށްފައިވަނީ ޖިންސީ ހާނިއްކައިން ކުޑަކުދިން ރައްކާތެރިކުރާ ގާނޫނުގެ ދަށުގައެވެ.

އެ އިދާރާއިން ބުނީ 2024 ގައި އަންހެނުންނާ ދެކޮޅަށް ވެސް 3،366 ކުށް ރަޖިސްޓާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ ގައުމީ ނިސްބަތަށްވުރެ ދަށް އަދަދެކެވެ. އެ އަހަރު ކޮންމެ 100،000 އަންހެނުންގެ ތެރެއިން 64 އަންހެނުން ކުށުގެ ޝިކާރައަކަށް ވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *