Support Us

ވެއްޓިފައިވާ 9 ބުރީގެ ހަދަމުންދިޔަ ހޮޓެލް އިމާރާތުން ތަކެތި ނެރެނީ

ހަދަމުންދިޔަ 9 ބުރީގެ ހޮޓަލެއް ވެއްޓި ފިލިޕީންސްގައި 4 މީހުން މަރުވެ، ގެއްލުނު 17 މީހުން ހޯދަނީ

ފިލިޕީންސްގެ އެންޖަލަސް ސިޓީގައި ހަދަމުންދިޔަ ނުވަ ބުރީގެ ހޮޓެލް އިމާރާތެއް ވެއްޓި ހަތަރު މީހުން މަރުވެއްޖެއެވެ.

ވެރިރަށް މެނީލާގެ އުތުރުން އޮންނަ ސަހަރުގައި އިއްޔެ ހިނގި މި ހާދިސާގައި 17 މީހުން ގެއްލިފައިވާއިރު ތިން މީހުން ވަނީ އިމާރާތުގެ ތެރެއިން މިއަދު ނެރެފައެވެ.

ދެ މަސައްކަތްތެރިޔަކު ސަލާމަތް ކުރެވުނު ނަމަވެސް އެ މީހުން ވަނީ ލިބުނު ޒަހަމްތަކުގައި ފަހުން މަރުވެފައެވެ.

ހޮޓަލުން ވެއްޓުނު ތަކެތިން ޖެހި ކައިރީގައި ހުރި ހޮޓަލަކުން މެލޭޝިއާގެ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ.

ވެއްޓިފައިވާ 9 ބުރީގެ ހަދަމުންދިޔަ ހޮޓެލް އިމާރާތުން މީހުން ހޯދުމުގެ މަސައްކަތްކުރަނީ

ގެއްލުނު ގިނަ މީހުންނަކީ ކޮންކްރީޓާއި ދަގަނޑުތައް ދަށުގައި ތާށިވެފައިވާ، އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ކަމަށް ބެލެވެއެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން ވަނީ މީހުން ހޯދާ ކުއްތާ އާއި ތާމަލް ސްކޭނަރާއި ހިތުގެ ވިންދު ބަލާ ޑިޓެކްޓަރުތައް ވެސް ބޭނުންކޮށްފައެވެ.

"ތާމަލް ސްކޭނުން ހޮޓަލުގައި ތާށިވެފައި ތިބި މީހުންގެ ނޭވާލުމާއި ހިތުގެ ވިންދުގެ ނިޝާންތައް ހާމަވެފައިވޭ،" މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ފުލުހުންގެ ވެރިޔާ ހޯސޭ މެލެންސީއޯ ނެޓަޓޭޒް ބުނީ މި ހާދިސާއަކީ އިމާރާތްކުރުމުގެ ރައްކާތެރިކަމާއި ގަވައިދުތަކާ ހިލާފުވުމުގެ މައްސަލައެއް ކަމަށް ބަލައި ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *