Support Us

އީރާން ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް އޮތީ ކައިރީގައި: ޓްރަމްޕް

އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ލިބުން އޮތީ ކައިރީގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނަމަވެސް ޓްރަމްޕް (ފޮޓޯ) ވިދާޅުވީ ދެ ގައުމުން ހުށަހެޅުންތަކެއް ބަދަލުކޮށްފައިވިޔަސް ދެ ގައުމުގެ ދެމެދުގައި ނުސީދާކޮށް ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ފޭލިވެއްޖެނަމަ އީރާނަށް "އަލުން ބޮންއަޅަން ފަށާނެ" ކަމަށެވެ.

އެންމެ ފަހުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި ހުށަހެޅުންތަކުގައި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން އަލުން ހުޅުވައިލުން ހިމެނެއެވެ.

ސުލްހައިގެ ވާހަކަތަކުގައި އިސްރާއީލު ބައިވެރި ނުކުރާތީ އިސްރާއީލު ވަނީ ހިތްހަމަނުޖެހިފައެވެ.

"ނަމަވެސް އެމެރިކާއިން އީރާނާއެކު ކޮންމެ ޑީލެއް ހެދިޔަސް އީރާނަކީ ނިއުކްލިއަ ހަތިޔާރުން ބިރުދައްކާ ގައުމެއްގެ ގޮތުގައި ދެމިއޮވެގެން ނުވާނެ،" އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

އީރާން ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ލިބުން އޮތީ ކައިރީގައި ކަމަށް ޓްރަމްޕް ވިދާޅުވިޔަސް އީރާނުން ބުނީ އެ ގައުމުގެ "ސިޔާދަތާއި އަސްކަރީ ބާރު ދިފާއުކުރާނެ" ކަމަށެވެ.

މިހާރު މެދުކަނޑައިލައިފައިވާ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ގައުމުތަކަށް ބޭނުންވާ ތެޔޮ ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އަދި މުޅި މެދުއިރުމަތި ވަނީ ނުތަނަވަސްކަމުގެ ތެރޭގައެވެ.

މިއީ ހުޅަނގުގެ ގައުމުތަކަށް ހަފުތާބަންދު ކަމަށްވާތީ ހަފުތާބަންދަށް މާކެޓްތައް މި ދިޔަ ހުކުރު ދުވަހު ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 103 ޑޮލަރު (1،588ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *