ބޯޓުދެލި ނަގާ މައިނެއްގައި ގޮވުމެއް ހިނގާ ޗައިނާގައި މަދުވެގެން 90 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ އުތުރުގެ ޝަންސީ ޕްރޮވިންސްގެ ލިއުޝަންޔޫ މައިންގައި ރޭ ހާދިސާގައި ހިނގިއިރު މައިންގައި 247 މުވައްޒަފުން މަސައްކަތްކުރަމުންދިޔައެވެ. އޭގެ ތެރެއިން 100 އަށްވުރެ ގިނަ މަސައްކަތްތެރިން ޒަހަމްވިއެވެ.
މިއީ ވޭތުވެދިޔަ 16 އަހަރުގައި އެ ގައުމުގައި ހިނގި މައިންކުރުމުގެ އެންމެ ބޮޑު ހާދިސާއެވެ.
މައިންގައި ތާށިވެފައިވާ މުވައްޒަފުން ހޯދައި ސަލާމަތްކުރުމަށާއި ޒަހަމްވި މުވައްޒަފުންނަށް ފަރުވާދިނުމަށް ފުރިހަމައަށް މަސައްކަތްކުރުމަށް ރަސްމީ އިދާރާތަކަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގޮވައިލެއްވިއެވެ.
މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ގާނޫނާ އެއްގޮތަށް ޒިންމާ ނެންގުވުމަށް ޗައިނާގެ ޕްރެމިއާ ލީ ޗީއަންގް ގޮވައިލެއްވިއެވެ.
"މައިން ހިންގާ ކުންފުނީގެ ވެރިން މިހާރު ވަނީ ހައްޔަރުކޮށްފައި،" އޮފިޝަލަކު ބުންޏެވެ.



advertisment