Support Us

ކ-ވ: ނަދީރު އަވަދު، އަމީން އަބްދުﷲ އަދި މަންސޫރު ކަޒިހާ

ސަން ޑީއޭގޯގެ އިސްލާމީ މަރުކަޒަށް ދިން ހަމަލާގައި މަރުވި ތިން މީހުންގެ މައްޗަށް ކަށުނަމާދުކޮށްފި

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސަން ޑީއޭގޯ ސިޓީގެ އިސްލާމީ މަރުކަޒަށް ދިން ހަމަލާގައި މަރުވި ތިން މީހުންގެ މައްޗަށް ކަށުނަމާދުކޮށްފިއެވެ.

އިއްޔެ ކަށު ނަމާދުކުރީ ހޯމަ ދުވަހު 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ދިން ހަމަލާގައި ޒަހަމްތަކުން ސަލާމަތް ނުވެ މަރުވި ސެކިއުރިޓީ ގާޑް އަމީން އަބްދުﷲ، 51، މެއިންޓެނަންސް މަސައްކަތްކުރާ އަދި ކައްކާ މަންސޫރު ކަޒިހާ، 78، އަދި އިސްލާމީ މަރުކަޒު ހުންނަ ހިސާބުގެ އަވަށްޓެރިއެއް ކަމަށްވާ ނަދީރު އަވަދު، 57، ގެ މައްޗަށެވެ.

ކަށުނަމާދުގައި 2،000 އަށްވުރެ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޔުނީފޯމްގައި ތިބި ފުލުހުން ވެސް ހިމެނެއެވެ.

"ހަމަލާދިން ކުއްޖާ އާއި މީހާއާ ދެކޮޅަށް އަމީން އާއި މަންސޫރު އަދި ނަދީރު ހަރަކާތްތެރިވުމުން އިތުރު ލޭއޮހޮރުވުމެއް ނުހިނގީ،" ފުލުހުން ބުންޏެވެ.

ނަދީރު، އަމީން އަދި މަންސޫރުގެ މައްޗަށް އިއްޔެ ކުރި ކަށުނަމާދުގައި 2،000 އަށްވުރެ ގިނަ މީހުން ބައިވެރިވި

ފުލުހުން ބުނީ ސަހަރުގެ އެންމެ ބޮޑު މިސްކިތަށް ދިން ހަމަލާގައި އެ މަރުކަޒުގައި ހުންނަ ސްކޫލުގެ 140 ކުޑަކުދިންނާއި މުވައްޒަފުން ސަލާމަތްވީ ހަމަލާދިން ކުއްޖާ އާއި މީހާއަށް އަމީން އާއި މަންސޫރު އަދި ނަދީރު ހުރަސްއެޅީމާ ދަރިވަރުންނާއި ސެންޓަރުގެ މުވައްޒަފުން ފިލުމަށް ފުރުސަތު ލިބުމުން ކަމަށް ބެލެވޭ ކަމަށެވެ. މިހެންވެ އަމީން އާއި މަންސޫރު އަދި ނަދީރު ބަލައިގަންފައިވަނީ ބަތަލުންގެ ގޮތުގައެވެ.

ހަމަލާދިން ކުއްޖާ އާއި މީހާ ފިލީ އެ ކުއްޖާ އާއި އެ މީހާ އިސްލާމީ މަރުކަޒަށް ދިޔަ ވެހިކަލްގައެވެ. ފުލުހުން ބުނީ ފަހުން އެ ކުއްޖާ އާއި އެ މީހާ ފެނިފައިވަނީ ބަޑިޖަހައިގެން އަމިއްލައަށް މަރުވެފައި އޮއްވައި ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަނީ އިސްލާމް ދީނާމެދު ތައައްސުބު ގެންގުޅުމުގެ ހަމަލާއެއްގެ ގޮތުގައެވެ.

"އެއީ އެ ނޫން ގޮތަކަށް މައުލޫމާތު ލިބެންދެން،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

މިސްކިތުގެ އިމާމު ތޯހާ ހަސަން ބުނީ މި ހަމަލާގެ ސަބަބުން ސަން ޑީއޭގޯ ކޮމިއުނިޓީއަށް ލިބުނީ ބޮޑު ހިތާމައެއް ކަމަށެވެ.

"ނަމަވެސް އަހަރެމެން ތިބޭނީ ސާބިތުކަންމަތީ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *