Support Us

ސުލްހައިގެ މުއާހަދާއަކަށް އީރާން އެއްބަސްވޭތޯ ކުޑަ ދުވަސްކޮޅަކު މަޑުކޮށްލެވިދާނެ: ޓްރަމްޕް

ސުލްހައިގެ މުއާހަދާއަކަށް އެއްބަސްވޭތޯ އީރާނަށް ކުޑަ ދުވަސްކޮޅެއް ދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނަމަވެސް މަސްރަހު މިހާރު އޮތީ ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ތުންފަތްމަތީގައި ކަމަށް ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

"ކުޑަ ދުވަސްކޮޅެއް ދިނަސް ވަރަށް އަވަހަށް އެ ދުވަސްކޮޅު ފައިބައިގެން ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ "ބޭނުންވާ ޖަވާބުތައް އީރާނަށް ނުދެވިއްޖެނަމަ" ސުލްހައަށް ދޭ ދުވަސްކޮޅު ނެތިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އީރާނުން ނިއުކްލިއަ ޕްރޮގްރާމެއް ހިންގުމަކީ އެއްގޮތަކަށް ވެސް އެއްބަސްވާނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންނާއެކު އީރާނުން ޑީލެއް ނުހަދައިފިނަމަ އީރާނަށް ނުރަނގަޅު ނަތީޖާ ފެންނާނެ. އެކަމަކު އަހަރެން އުއްމީދުކުރަނީ އެހެން ނުވާނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން އީރާންގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީ ވިދާޅުވީ އީރާނުން ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް ގައުމުން ބޭރުވިޔަކަ ނުދެއްވާނެ ކަމަށެވެ. މިއީ ޓްރަމްޕްގެ އެދިވަޑައިގަތުމާ ދެކޮޅުހެއްދެވުމެކެވެ. ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ އެއްބަސްވުމުގައި ވަނީ އީރާނުން ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް އެމެރިކާއާ ހަވާލުކުރަން ޖެހޭ ގޮތަށެވެ.

އީރާންގެ ރައީސް މަސްއޫދު ފަޒަޝްކިއަން ވިދާޅުވީ އީރާނާ ރަހްމަތްތެރި ގޮތެއްގައި ސުލްހަވާން ބޭނުންނަމަ އެ ގޮތް ގަބޫލުކުރާނެ ކަމަށާއި ނަމަވެސް ގަދަބާރުން އީރާން ކިޔަމަންތެރި ނުކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 107 ޑޮލަރު (1،649ރ.)އަށް ދަށްވެފައެވެ. އެއީ އިއްޔެ 108 ޑޮލަރު (1،665ރ.)ގައި ހުރެފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *