Support Us

ނައިޖީރިއާގެ އަސްކަރީ އުޅަނދެއް

އެމެރިކާއާ ގުޅިގެން ނައިޖީރިއާއިން 175 އައި.އެސް ހަނގުރާމަވެރިން މަރައިލައިފި

ނައިޖީރިއާގެ ބޯޑަރާ ގުޅޭ ޗާޑް ފެންގަނޑު ސަރަހައްދުގައި އެމެރިކާއާއެކު ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައި.އެސް)ގެ 175 ހަނގުރާމަވެރިން މަރައިލައިފިއެވެ.

އޮފިޝަލުން އިއްޔެ ބުނީ ނައިޖީރިއާ އާއި އެމެރިކާއިން އަމާޒުކުރީ، އިސްލާމީ ގިނަ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ އައި.އެސްގެ ހަނގުރާމަވެރިންގެ ކޭމްޕްތަކާއި ހަތިޔާރު ގުދަންތަކާއި އަދި ނައިޖީރިއާގެ ޓެރަރިސްޓް ޖަމާއަތް ބޯކޯ ހަރާމުން ވަކިވެ، އައި.އެސްއާ ގުޅުނު ގްރޫޕެއް ކަމަށްވާ އައިސިލް އެފިލިއޭޓް އިން ވެސްޓް އެފްރިކާ (އައި.އެސް.ޑަބްލިޔު.އޭ.ޕީ)އަށް ހަތިޔާރު ސަޕްލައިކޮށްދޭ މަގުތަކަށް ކަމަށެވެ.

ނައިޖީރިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް ސަމައިލާ އޫބާ ބުނީ އެމެރިކާއާ ގުޅިގެން ހިންގި އޮޕަރޭޝަންގެ އަމާޒަކީ ނައިޖީރިއާގެ ހުރިހާ ސަރަހައްދެއްގައި ފިލައިގެން އުޅޭ ޓެރަރިސްޓުން މަރައިލުން ކަމަށެވެ.

"ހަނގުރާމަވެރިންގެ އިސް ދެ ކޮމާންޑަރުން ވެސް މަރައިލިން،" އޭނާ ބުންޏެވެ.

އެފްރިކާގައި ބައިތިއްބާފައިވާ އެމެރިކާ ސިފައިންގެ އިދާރާއިން ބުނީ މި އޮޕަރޭޝަންގައި އެމެރިކާގެ އަދި ނައިޖީރިއާގެ ސިފައިންގެ މީހަކު މަރު ނުވާ ކަމަށެވެ.

"ދުނިޔޭގައި ޓެރަރިޒަމްގެ މައި މަރުކަޒަކީ އެފްރިކާ،" އެ އިދާރާގެ ކޮމާންޑަރު ޖެނެރަލް ޑެގްވިން އެންޑަސަން ބުންޏެވެ.

އޭނާ ބުނީ އެފްރިކާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގްރޫޕްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދައަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *