Support Us

މި ދިޔަ އަހަރު ޖޫންގައި ވެސް ޗައިނާގެ ރޯންގްޖޯންގް ކައުންޓީގައި ފެންބޮޑުވެފައި

ޗައިނާގެ މި އަހަރުގެ ފުރަތަމަ ފެންބޮޑުވުމުގައި 6 މަރު

ޗައިނާއަށް މި އަހަރު ކުރިމަތިވި ފުރަތަމަ ފެންބޮޑުވުމުގައި ހަ މީހުން މަރުވެ، މިއަދާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ދިޔަ ހުކުރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 80،000 މީހުން ފެންބޮޑުވި ސަރަހައްދުތައް ދޫކޮށް ދާން ޖެހިފައިވެއެވެ.

ހަ މީހުން ގެއްލިފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އަދި ހާމަނުކުރިޔަސް އަދިވެސް ބޯކޮށް ވާރޭ ވެހެމުންދާތީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުއްލި އެހީގެ ޓީމުތަކުން ކުރިއަށްގެންދާކަމަށް އޮފިޝަލުން ބުންޏެވެ.

ފެންބޮޑުވި ސަރަހައްދުތަކުގައި މަގުތަކާއި ބްރިޖްތަކާއި ގޭގެއަށް ވަނީ ގެއްލުން ލިބިފައެވެ. އެއީ ބޯކޮށް ވާރޭ ވެހުމުން ކޯރުތައް ފުރި ފެން ބަންޑުންވެގެން ދިއުމުންނެވެ.

އިރުދެކުނު ސަރަހައްދުގައި އޮންނަ ރޯންގްޖޯންގް ކައުންޓީގައި އާދަޔާހިލާފަށް ފެންބޮޑުވި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ސީ.ސީ.ޓީ.ވީން ރިޕޯޓްކުރިއެވެ. އެ ކައުންޓީގައި މި ދިޔަ އަހަރު ޖޫންގައި ވެސް ފެންބޮޑުވިއެވެ.

މީހުން ސަލަމާތްކުރުމުގައި ބޯޓާއި ހާއްސަ ވެހިކަލް ބޭނުންކޮށްފައިވާއިރު ކުރިއަށް އޮތް ތާނގައި ވެސް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"ގިނަ ޓައުންތަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑި، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި އަދި މުވާސަލާތީ ހިދުމަތް ވެސް މެދުކެނޑިފައި،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *