Support Us

ރޭލު ގޮސް ބަހުގައި ޖެހުމުން ބަހުގައި އަލިފާން ހިފައިފައި

ތައިލެންޑްގައި 8 މީހުން މަރުވި ރޭލަކާއި ބަހެއް މުޑިއެރުމުގެ ހާދިސާގައި ރޭލު ޑްރައިވަރަށް ދައުވާކޮށްފި

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހިނގި މުދާ އުފުލާ ރޭލަކާއި އާއްމުން ދަތުރުކުރާ ބަހެއް މުޑިއެރުމުގެ ހާދިސާގައި ރޭލު ޑްރައިވަރަށް ދައުވާކޮށްފިއެވެ.

ހޮނިހިރު ދުވަހު ހިނގި ހާދިސާގައި އަށް މީހުން މަރުވެ، 32 މީހުން ޒަހަމްވިއެވެ.

އޮފިޝަލުން ބުނީ މި ހާދިސާގައި ބަސް ޑްރައިވަރަށް ވެސް ދައުވާކުރުން އެކަށީގެންވާ ކަމަށެވެ. އެއީ އޭނާއަށް ލިބުނު ޒަހަމްތައް ފަސޭހަވުމުންނެވެ.

ހާދިސާ ހިނގީ ރޭލު ދަގަނޑު ހުރަސްކުރަން ބަސް ދަގަނޑަށް އަރައިފައި އޮއްވައެވެ. އަދިވެސް ސާފު ނުވާ ކަމަކީ ޓްރެފިކާ ހެދި ބަސް ދަގަނޑު މަތީގައި ތާށިވީތޯއެވެ.

ރޭލު ގޮސް ބަހުގައި ޖެހުމުން ބަހުގައި ވަނީ ހުޅުހިފައިފައެވެ. މަރުވި މީހުންގެ ހަށިގަނޑުތައް އެނދިލެއް ބޮޑުކަމުން އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަންނަން އެ މީހުންގެ ތިމާގެ މީހުންގެ ޑީ.އެން.އޭ ބޭނުންވާ ކަމަށް އޮފިޝަލުން ބުންޏެވެ.

"ތަހުގީގުކުރާ ފަރާތްތަކަށް އެނގުނު ގޮތުގައި މީހުން މަރުވި މި ހާދިސާ ހިނގީ ރޭލު ޑްރައިވަރު އިހުމާލުވުމުން. އޭނާއާ ދެކޮޅަށް ދައުވާކުރީ ވެސް އިހުމާލުވުމުގެ ސަބަބުން މީހުން މަރުވުމުގެ ކުށަށް،" ބެންކޮކްގެ ފުލުހުންގެ ވެރިޔާ އޫރްއޫމްޕޯން ކޫންޑޭސަމްރިޓް ބުންޏެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރުގެ ނައިބު ސީރީޕޯންގް އޭންގްކަސަކޫންކީޔަޓް ބުނީ މި ހާދިސާއަށްފަހު މިހާރު ދަނީ ރޭލު ދަގަނޑު ހުރަސްކުރުމުގެ ސަލާމަތްތެރިކަމާ ގުޅޭ ކަންކަން މުރާޖައާކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *