Support Us

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން (ވ) މި ދިޔަ އަހަރު ސެޕްޓެމްބަރު 2 ގައި ޗައިނާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވަނީ

ޓްރަމްޕް ދަތުރު ނިންމައިލިތަނާ ޕުޓިން ވެސް ޗައިނާއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ތިން ދުވަހުގެ ދަތުރެއް ހުކުރު ދުވަހު ނިންމަވައިލެއްވިތަނާ ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވެސް ޗައިނާއަށް ދަތުރެއް ކުރައްވަން ހަމަޖައްސަވައިފިއެވެ.

ޕުޓިން ދެ ދުވަހުގެ ދަތުރެއް ކުރައްވަން ހަމަޖެއްސެވީ އަންނަ އަންގާރަ ދުވަހުން ބުދަ ދުވަހަށެވެ.

ބައެއް ސިޔާސީ ދިރާސާވެރިން ބުނީ މިއީ ދުނިޔޭގައި އުފެދެމުންދާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ޗައިނާއިން އެމެރިކާ އާއި ރަޝިޔާއާ ބާއްވާ ގުޅުން ބެލެންސްކުރަން ހަމަޖެއްސި ދަތުރެއް ކަމަށެވެ.

"މި ދަތުރަކީ ރަޝިޔާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ތަރައްގީކުރައްވަން ޕުޓިން ކުރައްވާ ދަތުރެއް. ދަތުރުގައި ދުނިޔެ އާއި ސަރަހައްދީ މައްސަލަތަކާމެދު ޕުޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ މަޝްވަރާކުރައްވާނެ. މީގެ އިތުރުން އިގުތިސާދީ ގުޅުމާއި ބައިނަލްއަގުވާމީ ސަލާމަތާމެދު ވެސް މަޝްވަރާކުރައްވާނެ،" ރަޝިޔާއިން ބުންޏެވެ.

ޕުޓިންގެ މި ދަތުރަކީ 2001 ގައި ޗައިނާއާއެކު ރަޝިޔާއިން ސޮއިކުރި "ރަނގަޅު އަވަށްޓެރިކަމާއި ރަހްމަތްތެރިކަމުގެ އެއްބާރުލުމާ ބެހޭ މުއާހަދާ"އަށް 25 އަހަރުވުން ފާހަގަކުރުމަށް ވެސް ކުރައްވާ ދަތުރެކެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ސެރްގޭ ލަވްރޯފްއާ މި ދިޔަ މަހު ބައްދަލުކުރައްވަމުން ޝީ ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

ޝީ ވަނީ މި ދިޔަ އަހަރު މެއި މަހު ރަޝިޔާއަށް ޒިޔާރަތްކުރައްވައިފައެވެ. ޕުޓިން ވަނީ މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު ޗައިނާއަށް ޒިޔާރަތްކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *