Support Us

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ޗައިނާގައި

އެއް ގޮތަކުން ނޫނިއްޔާ އަނެއް ގޮތަކުން ވިޔަސް އީރާންގެ މައްޗަށް ކާމިޔާބު ހޯދާނަން: ޓްރަމްޕް

އެއް ގޮތަކުން ނޫނިއްޔާ އަނެއް ގޮތަކުން ވިޔަސް އީރާންގެ މައްޗަށް ކާމިޔާބު ހޯއްދަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އަހަރެމެން ކާމިޔާބުކުރާނަން. ސުލްހައިގެ މަގުން ވިޔަސް ނުވަތަ އެހެން ގޮތަކަށް ވިޔަސް،" މިހާރު ޗައިނާގައި ހުންނެވި ޓްރަމްޕް ޗައިނާ ދަތުރަށް ފުރުމުގެ ކުރިން ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމަވައިލެއްވުމަށް ޗައިނާގެ އެހީ ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނަށް ފަހުގެ އިންޒާރެއްގެ ގޮތުން ޓްރަމްޕް ވިދާޅުވީ "އީރާނުން ރަނގަޅު މަގުން ކަންތައްތައް ނުކޮށްފިނަމަ ހަނގުރާމަ އެމެރިކާ ކޮޅަށް ނިންމާލުމުގެ މަސައްކަތް ފުރިހަމަކުރާނެ" ކަމަށެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ލިބެމުންދާ މާލީ ގެއްލުމާމެދު ނުވިސްނަވާ ކަމަށާއި ހަމައެކަނި ވިސްނަވަނީ އީރާނަށް ނިއުކްލިއަ ހަތިޔާރެއް ނުލިބޭނެ ގޮތް ހެދުމާމެދު ކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އަނެއްކާވެސް ވިދާޅުވީ އެމެރިކާއާއެކު ސުލްހަ ނުވެވިގެން އުޅެނީ އީރާނަށް ކުޅަދާނަ ނުވާވަރުގެ ކަންތައްތަކަށް އީރާން އެއްބަސްކުރުވަން ޓްރަމްޕް އުޅުއްވާތީ ކަމަށެވެ.

ހަނގުރާމަ މެދުކަނޑައިލައިފައި އޮތްއޮތުން ނުވަތަ ސީޒްފަޔާ އަދިވެސް ދެމިއޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ އިއްޔެ ހުރި އަގުގައެވެ. އެއީ 107 ޑޮލަރު (1،649ރ.)ގައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

ބައެއް ފަރާތްތަކުން މިހާރު ބުނަނީ އެމެރިކާ އާއި އީރާނުން ސުލްހަ ވިޔަސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *