Support Us

ގްލޯބަލް ސުމޫދު ފްލޮޓީލާގެ ނަމުގައި ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ސްޕެއިނުން 58 ބޯޓު ފުރީ މި މަހު 12 ގައި

ޣައްޒާއަށް އިންސާނީ އެހީ ގެންދިޔަ ބޯޓުތަކަށް ރެއިޑް ޖެހުމުން އިސްރާއީލަށް ފާޑުކިޔުން

ޣައްޒާއަށް އިންސާނީ އެހީ ގެންދިޔަ ބޯޓުތަކެއް މެޑިޓެރޭނިއަންގެ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް ރެއިޑް ޖެހުމުން އިސްރާއީލަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ތުރްކިޔެގެ ހާރިޖިއްޔާއިން ބުނީ އިސްރާއީލުން ރޭ ހިންގި އޮޕަރޭޝަނަކީ "މަގުފޭރުން" ކަމަށެވެ.

"އިންސާނީ ސުލޫކާއި ބައިނަލްއަގުވާމީ ގާނޫނު އިސްރާއީލުން ވަނީ މުގުރައިލައިފައި،" ތުރްކިޔެގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

ގިނަ ގައުމުތަކުން ބުނީ އިސްރާއީލުގެ މި އަމަލަކީ ނުރައްކާތެރި ކަމެއް ވެސްމެއެވެ.

އިސްރާއީލުން ވަނީ 58 ބޯޓުގެ ތެރެއިން 22 ބޯޓު ހުއްޓުވައިފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓީލާގެ ނަމުގައި ދަތުރު ކުރަމުންދިޔަ މި ބޯޓުތައް މިއީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވޭތުވެދިޔަ މަސްތަކުގައި މަސައްކަތްކުރި ދެވަނަ ފަހަރެވެ. މި ފަހަރު ޣައްޒާއާ ދިމާއަށް ދަތުރުކުރީ މި މަހު 12 ގައި ސްޕެއިނުން ފުރައިގެންނެވެ.

"އިސްރާއީލުން އަހަރެމެންގެ ބޯޓުތައް އަތުލައިގަތީ ގްރީސް ކައިރިން،" ފްލޮޓީލާ ރޭވި މީހަކު ބުންޏެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް ގޮވައިލީ ބޯޓުތަކުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

އިސްރާއީލުން ބުނީ 175 މީހުން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް ފްލޮޓީލާ ރޭވި މީހުން ބުނީ 400 އެކްޓިވިސްޓުންގެ ތެރެއިން 211 އެކްޓިވިސްޓުން އިސްރާއީލުން ކިޑްނެޕް ކުރި ކަމަށެވެ.

ފްލޮޓީލާ ރޭވި މީހުން ބުނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން ބުނީ ފްލޮޓީލާ ހުއްޓުވީ އިސްރާއީލުގެ ގައުމީ ސަލާމަތަށް ކަމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައިފައި އޮތްއޮތުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.

އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާ ހިންގާ ހަމާސްއާއެކު އިސްރާއީލުން އެއްބަސްވުމެއް ގާއިމުކުރިޔަސް އޭގައި ބުނާ އަދަދަށް ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ވަނީ ހުރަސްއަޅައިފައެވެ. އަދި ޣައްޒާއަށް ވައްދާ އެހީ ލިބެނީ ހަމާސްއަށް ކަމަށް ބުނެ ޣައްޒާއަށް ވައްދާ އެހީ ލިބޭ ފަރާތްތަކުގެ އައިޑެންޓިޓީ ވެސް އިސްރާއީލުން ޗެކުކުރެއެވެ. އެއީ އެ މީހުންނަކީ ހަމާސް މެންބަރުންތޯ ބެލުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *