Support Us

ލަންކާ އެއާޕޯޓުން 3 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު 22 ހާމުދުރުން ހައްޔަރަށް

ލަންކާގެ ކޮޅުނބު އެއާޕޯޓުން ތިން މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބުދިސްތު ދީނުގެ 22 ހާމުދުރުން ހައްޔަރުކޮށްފިއެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ރުޕީސް ނުވަތަ 46 މިލިއަން ރުފިޔާއަށް އަރާ 110 ކިލޯގެ ކަޝް އާއި ހަޝިޝް ބާވަތުގެ ޑްރަގު ރޭ އަތުލައިގަނެވުމުން މިއީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި މިހާތަނަށް އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަނެވުނު ޑްރަގެވެ. އަދި މިއީ މިހާ ގިނަ އަދަދަކަށް މަސްތުވާތަކެއްޗާއެކު އެ އެއާޕޯޓުން ހާމުދުރުންތަކެއް ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

މި ހާމަދުރުންނަކީ ލަންކާގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޒުވާން ހާމުދުރުންނެވެ. އެ މީހުން ދަނީ ތަފާތު ތަންތަނުން މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

ކޮންމެ ހާމުދުރަކު އެ މީހެއްގެ ސޫޓުކޭސްތަކަށް ޑްރަގް އަޅައިފައިވެއެވެ. ދަބަހުގައި ފޭކު ފުލެއް ލައި، އެ އަށް ޑްރަގް އަޅައި، އެ ފުލުގެ މަތީގައި ސްކޫލް ސާމާނާއި އެކި ވައްތަރުގެ މެޓާ ލައިފައިވެއެވެ. ކޮންމެ ހާމުދުރެއްގެ ލަގެޖުގައި ފަސް ކިލޯއަށްވުރެ ގިނަ ޑްރަގް ހުއްޓެވެ.

ތަހުގީގުކުރާ އޮފިޝަލުން ބުނީ މި ހާމުދުރުންގެ ގްރޫޕް ވަނީ މި ދިޔަ ބުދަ ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ގޮސްފައި ކަމަށާއި އެއާލައިނުން ޓިކެޓް ގަންދިން ކަމަށް ތުހުމަތުކުރެވޭ ސްޕޮންސަރެއް ހުރި ކަމަށެވެ.

ގައުމުން ބޭރުގައިވި އެ ދުވަސްތަކުގައި އާދައިގެ ހެދުމުގައި ހުރެގެން ނަގައިފައި ހުރި ފޮޓޯ އަދި ވީޑިއޯ އެ މީހުންގެ މޮބައިލް ފޯނުން ފެނިފައިވެއެވެ.

އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އެ މީހުން ހައްޔަރުކުރީ ފުލުހުންގެ މަސްތުވާތަކެއްޗާ ބެހޭ އިދާރާއިންނެވެ.

"ނިގަމްބޯގެ މެޖިސްޓްރޭޓް ކޯޓަށް އެ މީހުން ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައި،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް