Support Us

ހުރުމުޒު ހުޅުވައިނުލައިނެ ކަމަށް ބުނެފައިވާ އިސްތިހާރު ބޯޑެއް އީރާންގެ ވެރިރަށް ތެހްރާންގެ މަގެއްގައި

ހުރުމުޒު ހުޅުވައިލުމަށް ދިން މުހުލަތު ކައިރިވިތަނާ އީރާނުން ހުށަހެޅި ސުލްހައިގެ ޕްލޭނާ އެމެރިކާ ދެކޮޅު ހަދައިފި

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި އީރާނުން ހުރިހާ ގައުމުތަކަށް ހުޅުވައިލުމަށް މާދަމާއަށް ދީފައިވާ މުހުލަތު ހަމަވާން ކައިރިވެފައިވަނިކޮށް އީރާނުން ހުށަހެޅި ސުލްހައިގެ ޕްލޭނާ އެމެރިކާއިން ދެކޮޅުހަދައިފިއެވެ.

"އީރާންގެ ހުށަހެޅުމުގައި ފާހަގަކޮށްލެވޭ ރަނގަޅު ކަންތައްތަކެއް އެބަހުރި. ނަމަވެސް މުޅިއަކުން އެ ނުފުދޭ. ހުރުމުޒު ހުޅުވައިލުމަށް ދީފައިވާ ސުންގަޑި ބަދަލެއް ނުކުރާނަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ހުއްޓައިލައިނީ އީރާނުން އެމެރިކާއާއެކު ޑީލެއް ހެދުމުން ކަމަށާއި ނުހަދައިފިނަމަ ވަރުގަދަ ހަމަލާތަކެއް އީރާންގެ އިންފްރާސްޓްރަކްޗަރަށް ދޭނެ ކަމަށެވެ.

އީރާނުން ބުނީ އީރާނުން ބޭނުންވަނީ ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓައިލުމުގެ ބަދަލުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ ހުރިހާ ބާވަތެއްގެ ހަރަކާތްތައް ދާއިމީކޮށް ހުއްޓައިލުން ކަމަށެވެ.

ހުރުމުޒު ހުޅުވައިލުމަށް ޓްރަމްޕް ދެއްވި މުހުލަތު ކައިރިވަމުންދާތީ ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 109 ޑޮލަރު (1،680ރ.)ގައި ކަމަށްވީއިރު މިއަދު ހުރީ 111 ޑޮލަރު (1،711ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ވަނީ ބަދަލު އައިސްފައެވެ. އަލްޖަޒީރާއިން މިއަދު ގެނެސްދިން އަދަދުތައް ތިރީގައި މި ވަނީއެވެ:

  • އީރާން – 2،076
  • އިސްރާއީލު – 26 (ކުރިން 24)
  • އެމެރިކާ (ސިފައިން) – 13
  • ލުބްނާން – 1،497 (ކުރިން 1،345)
  • އިރާގު – 109
  • ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12
  • ކުވައިތު – 7
  • ބަހްރައިން – 3
  • އުމާން – 3
  • ސައޫދީ އަރަބިއްޔާ – 2

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *