Support Us

ސޫރިޔާގެ ގުނައިތުރާ ޕްރޮވިންސް

އިސްރާއީލުން އަނެއްކާވެސް ސޫރިޔާގެ ގުނައިތުރާ ޕްރޮވިންސަށް ވަދެއްޖެ

އިސްރާއީލުން ހިފައިފައިވާ ސޫރިޔާގެ ޖޫލާން އުސްބިންތަކުގެ ތެރޭގައިވާ ގުނައިތުރާ ޕްރޮވިންސަށް އަނެއްކާވެސް ވަދެއްޖެއެވެ.

އިސްރާއީލުގެ 30 އަސްކަރީ ވެހިކަލް އެ ތަނަށް ވަތް ކަމަށް ސޫރިޔާގެ މީޑިއާއިން އިއްޔެ ރިޕޯޓްކުރިއެވެ.

"އިސްރާއީލު ސިފައިން ވަނީ ކަންބަޅި ހުއިހައްޕާ މީހަކު ކިޑްނެޕްކޮށް އަދި ވަގުތީ ގޮތުން ދަނޑުގޮވާންކުރާ ބިންތަކަކަށް ވެސް ވަދެފައި،" ސޫރިޔާގެ ދައުލަތުގެ މީޑިއާ ސަނާ ނޫސް އެޖެންސީން ބުންޏެވެ.

ސޫރިޔާ ސަރުކާރުން ބުނީ އެ އަމަލަކީ އިސްރާއީލުން ސޫރިޔާގެ ސިޔާދަތް ނިގުޅައިގަތުން ކަމަށާއި ސޫރިޔާގެ ދެކުނުގައިވާ ދަނޑު ހައްދާ ބިންތައް އިސްރާއީލުން ސުންނާފަތި ކޮށްފައިވާ ކަމަށެވެ.

"އިސްރާއީލުން ވަނީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައި،" ސޫރިޔާއިން ބުންޏެވެ.

އިސްރާއީލުން އަނެއްކާވެސް އުޒުރަކަށް ދެއްކީ އެ ގޮތަށް އަމަލުކުރީ އެ ގައުމުގެ އުތުރު ބޯޑަރު ހިމާޔަތްކުރަން ކަމަށެވެ.

އެންމެ ފަހުން އިސްރާއީލުން މި ހިންގި އަމަލުން ހާމަވަނީ އިސްރާއީލުން ކެނޑިނޭޅި ސޫރިޔާއަށް ވަނުމުންނާއި ސޫރިޔާގައި އަސްކަރީ ހަރަކާތްތައް ހިންގުމުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމެވެ. އަދި މެދުއިރުމަތީގައި ފުޅާ ދާއިރާއަކަށް މި ހަމަނުޖެހުންތައް ފެތުރިދާނެ ކަމެވެ.

ގުނައިތުރާ އޮންނަނީ ޖޫލާން އުސްބިންތަކުގައެވެ. ޖޫލާން އުސްބިންތަކަކީ ސޫރިޔާގެ ތަނެއް ކަމަށް އދ.އިން ވަނީ ބަލައިގަންފައެވެ.

އެ ބިންތަކުން ހުޅަނގުން 463 އަކަ މޭލުގެ ސަރަހައްދެއް އިސްރާއީލުން ހިފީ 1967 ގެ "ހަ ދުވަހުގެ ހަނގުރާމަ"އިގައެވެ. އޭގެ ފަހުން 1973 ގައި ހިނގި "އަރަބި-އިސްރާއީލު" ހަނގުރާމައިގައި ޖޫލާން އުސްބިންތައް އަލުން ލިބޭތޯ ސޫރިޔާއިން މަސައްކަތްކުރި ނަމަވެސް އެ ކަން ކާމިޔާބެއް ނުވިއެވެ.

ސޫރިޔާ އާއި އިސްރާއީލާ ދެމެދު ހިނގި ހަމަނުޖެހުންތައް ހުއްޓުނީ 1974 ގައި އދ.އިން ދެ ގައުމުގެ ދެމެދުގައި ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތްނުވާ ސަރަހައްދެއް ގާއިމުކުރުމުންނެވެ. ގުނައިތުރާގެ ބައެއް ހިމެނެނީ އެ ބަފަރު ޒޯންގައެވެ.

ޑިސެމްބަރު 2024 ގައި ސޫރިޔާގެ ރައީސް ބަޝާރުލްއައްސަދު ވެރިކަމުން ވެއްޓުމުން އިސްރާއީލުން ވަނީ ސޫރިޔާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގަންފައެވެ. އެ ގޮތުން 1974 ގެ އެއްބަސްވުން ރޫޅުނު ކަމަށް ބުނެ ބަފަރު ޒޯން އިސްރާއީލުން ހިފިއެވެ. އަދި މި ދިޔަ އަހަރު ގުނައިތުރާއަށް ވަދެ ދެ ވިލެޖެއްގައި އަސްކަރީ މަރުކަޒު ގާއިމުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *