Support Us

އީ.އެސް.އެޗް އަންހެން ހެދުމުގައި އޭ.ކޭއާ ކައިވެނިކުރި ހަފުލާގައި ނަގައިފައިވާ ފޮޓޯއެއް އަދި އީ.އެސް.އެޗް މޭކަޕްނުކޮށް ފިރިހެން ހެދުމުގައި ނަގައިފައިވާ ފޮޓޯއެއް (ވަކި ފޮޓޯ)

މޫނު ބުރުގާ އަޅައިގެން ފިރިހެނަކު ލޯބީގެ ގުޅުމެއް ހިންގައި ފިރިހެނަކާ ކައިވެނިކުރި ސްކޭމެއް

އިންޑޮނޭޝިއާގައި 2024 ވަނަ އަހަރު އެ ގައުމުގެ ފައިސާއިން އެތައް ޓްރިލިއަނެއްގެ ސްކޭމްތައް ވަނީ ހިންގައިފައެވެ. މިއީ އޭގެ ތެރެއިން ވެސް އާދަޔާހިލާފު ސްކޭމެއްގެ ވާހަކައެވެ. މިއީ ލޯބީގެ ގޮތުންނާއި އަދި މާލީ ގޮތުން ވެސް ބޮޑު ސްކޭމެކެވެ.

އޭ.ކޭގެ ނަމުން ފުލުހުން ހާމަކޮށްފައިވާ އުމުރުން 26 ގެ މީހަކު އޮންލައިންކޮށް އެއް އަހަރަށްވުރެ ގިނަ ދުވަހު "އަދިންދާ ކަންޒާ" ނަމަކަށް ކިޔާ "އަންހެނަކާ" ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ.

އަދިންދާއަކީ ފުލުހުން އީ.އެސް.އެޗްގެ ނަމުން ހާމަކޮށްފައިވާ ފިރިހެނެކެވެ. އީ.އެސް.އެޗްއާ އޭ.ކޭ ކައިވެނިކުރީ 2024 ގެ އެޕްރިލް މަހުއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު 12 މަހުގައި ވެސް އީ.އެސް.އެޗް އުޅުނީ މޫނު ބުރުގާ އަޅައިގެންނެވެ. އޭ.ކޭ ގާތުގައި އީ.އެސް.އެޗް ބުނީ މޫނު ނިވާކުރަނީ ދީންވެރިކަމުން ކަމަށެވެ. އަދި އީ.އެސް.އެޗްއަކީ ޔަތީމު އަންހެނެއް ކަމަށް ވެސް އޭ.ކޭ ގާތުގައި ބުންޏެވެ.

އީ.އެސް.އެޗްއަކީ ފިރިހެނެއްކަން ފަޅާއެރީ ކައިވެންޏަށް 12 ދުވަސް ވީއިރު ވެސް އޭ.ކޭއާ އެއްދާންނުކޮށް، އަދި އޭ.ކޭގެ އާއިލާއާ ވެސް ދުރުދުރުން އުޅުމުންނެވެ.

ކޮންމެވެސް ކަމެއް ނުބައިކޮށް ދަނީކަމާމެދު ޝައްކުވެގެން އޭ.ކޭ ތަހުގީގެއްކުރިއެވެ. އަދި ހީނުކުރާ ކަހަލަ ތެދެއް ހާމަވިއެވެ: އީ.އެސް.އެޗްގެ މައިންބަފައިން ދުނިޔޭގައި ދިރިތިބިކަމެވެ.

އީ.އެސް.އެޗްގެ މައިންބަފައިން އޭ.ކޭއަށް ކަށަވަރުކޮށްދިނީ އީ.އެސް.އެޗްއަކީ ހަމަ އޭ.ކޭގެ އުމުރުގެ ފިރިހެނެއްކަމެވެ.

އީ.އެސް.އެޗް ދެން އިއުތިރާފުވީ އޭނާ ބޭނުންވީ އޭ.ކޭގެ "ސޭކު"ކަމުގެ ނާޖާއިޒު ފައިދާ ނަގައި، އޭ.ކޭ އާއި އޭ.ކޭގެ އާއިލާ މެންބަރުންގެ "ބޭންކް އެކައުންޓްތައް ހުސްކޮށްލަން" ކަމަށެވެ.

"އީ.އެސް.އެޗްއަކީ 2020 އިން ފެށިގެން އަންހެން ހެދުން އަޅައިގެން އުޅޭ ފިރިހެނެއް،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

އީ.އެސް.އެޗްއަށް ދައުވާކޮށްފައިވަނީ ފްރޯޑެއް ހިންގިކަމަށެވެ. އެހެންކަމުން އިންޑޮނޭޝިއާގެ ގާނޫނުލް އުގޫބާތުގެ 378 ވަނަ މާއްދާގެ ދަށުން އޭނާއަށް ގިނަވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އޭނާއަށް ހުކުމް ކުރާނެ ދުވަހެއް އިންޑޮނޭޝިއާގެ މީޑިއާއިން އަދި ރިޕޯޓެއް ނުކުރެއެވެ.

އީ.އެސް.އެޗް އޭކޭގެ އަތުން ފައިސާ ނެގިވަރެއް ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ބުނެފައިވަނީ އީ.އެސް.އެޗް އެދޭ ކޮންމެ ފަހަރަކު އޭ.ކޭ ފައިސާ ދޭ ކަމަށެވެ.

އިންޑޮނޭޝިއާގެ މާލީ ހިދުމަތްތަކުގެ އިދާރާ ކަމަށްވާ އިންޑޮނޭޝިއަން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އޯ.ޖޭ.ކޭ) އާއި އެ ގައުމުގައި ސްކޭމް ހިންގުމާ ދެކޮޅަށް ފިޔަވަޅު އަޅާ އިންޑޮނޭޝިއަން އެންޓި-ސްކޭމް ސެންޓަރު (އައި.އޭ.އެސް.ސީ)އިން ބުނީ 2024 ވަނަ އަހަރަކީ ސްކޭމްތައް އާދަޔާހިލާފަށް ގިނަ އަހަރެއް ކަމަށެވެ. އެ ގޮތުން އެތައް ލައްކައިން ސްކޭމް ހިންގައިފައިވާ ކަމަށެވެ. ނަމަވެސް އީ.އެސް.އެޗް ހިންގީ އެންމެ ސީރިއަސް ސްކޭމް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *