Support Us

ބަހެއް ފުރޮޅައިލައި ނޭޕާލްގައި 19 މަރު

ފަރުބަދަމަތީ ހަލިމަގަކުން މިއަދު ބަހެއް ފުރޮޅައިލައި ނޭޕާލްގައި މަދުވެގެން 19 މީހުން މަރުވެއްޖެއެވެ.

ގާތްގަނޑަކަށް 44 ފަސިންޖަރުން ތިބި މި ހާދިސާގައި 25 މީހުން ޒަހަމް ވެސް ވި ކަމަށް އޮފިޝަލުން ބުންޏެވެ.

ގިނައިން މަރުވެފައިވަނީ ނޭޕާލް މީހުންނެވެ.

އޮފިޝަލުން ބުނީ ކާކުކަން ކަށަވަރު ކުރެވިފައިވަނީ އަދި ނުވަ މީހުން ކަމަށެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އިނގިރޭސި ރައްޔިތަކު މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ. ޗައިނާގެ އެކަކު ޒަހަމްވެފައިވާއިރު ޗައިނާގެ އެހެން މީހަކު ގެއްލިފައިވެއެވެ. ޒަހަމްވެފައިވާ މީހުންގެ ތެރޭގައި ޖަޕާންގެ އެކަކު، ނިއުޒިލޭންޑްގެ އެކަކު އަދި ނެދަލޭންޑްސްގެ އެކަކު ހިމެނެއެވެ.

ޕޮކްހާރާއިން ވެރިރަށް ކަތުމަންޑޫއަށް ދަތުރުކުރި ބަސް ޕްރިތުވީ ހަލިމަގުން ފުރޮޅައިލައި 200 މީޓަރަށް ވެއްޓިޖެހުނީ ތްރިޝުލީ ކޯރުގެ އައްސޭރިއަށެވެ.

"މީހުން ސަލާމަތްކުރާ މީހުންނަށް އެ ސަރަހައްދަށް ވަރަށް އަވަހަށް ދެވުނު. އަދި ވަގުތުން ހޮސްޕިޓަލަށް މީހުން ގެންދެވުނު،" ސަރަހައްދީ އެޑްމިނިސްޓްރޭޓަރު މޯހަން ޕްރަސާދު ނޫޕޭން ބުންޏެވެ.

ފުލުހުން ބުނީ ބަސް ފުރޮޅައިލަން ދިމާވި ސަބަބު ހޯދުމަށް ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.

ރަސްމީ އިދާރާތަކުން ބުނީ ބަސް އެކްސިޑެންޓްތަކުގެ ހާދިސާތައް ގިނަ ފަހަރަށް ކުރިމަތިވަނީ ނޭޕާލަކީ ފަރުބަދަމަތީ ގައުމެއް ކަމަށް ވުމުން ކަމަށާއި މަގުތައް ހަނިކަމުން ކަމަށެވެ.

ދެކުނު އޭޝިއާގެ ފަގީރު ގައުމެއް ކަމަށްވާ ނޭޕާލަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، އެވަރެސްޓް ހުންނަ ގައުމެވެ. ނޭޕާލަކީ ފަރުބަދަމަތީ ގައުމަކަށްވާތީ އެ ގައުމަކީ ބިދޭސީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޓޫރިސްޓް މަންޒިލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *