Support Us

ފިލިޕީންސްގެ މާޓީ ސިޓީގައި ބިންގަނޑު ކަނޑައިގެން ގޮސްފައި

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިއުމުން ފިލިޕީންސްގައި 7 މަރު

ފިލިޕީންސްއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ހަތް މީހުން މަރުވެއްޖެއެވެ.

އޮފިޝަލުން އިއްޔެ ބުނީ 3،000 މީހުން ގެދޮރު ދޫކޮށްފައި ދާން ޖެހުނު ކަމަށެވެ. މީގެ އިތުރުން 10،000 މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވެއެވެ.

"މާޓީ ސިޓީގައި ބިންގަނޑު ކަނޑައިގެންދިއުމުން ގެއަކަށް ފަސް އެޅި ދެމަފިރިންނާއި އެ ދެމަފިރިންގެ ދެ އަންހެން ދަރިން ވަނީ މަރުވެފައި،" އޮފިޝަލަކު ބުންޏެވެ.

"އަނެއް ތިން މީހުން މަރުވީ މޮންކާޔޯ ޓައުނުން. އެއީ ވެސް ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ފަސް އެޅިގެން،" ކާރިސާތައް ބަލަހައްޓާ އޮފިޝަލެއް ކަމަށްވާ އެޑްނާ ޑާޔަންގްހީރަންގް ބުންޏެވެ.

އޭނާ ބުނީ މަރުވި މީހުން ތާށިވެފައި އޮތީ އެތައް ޓަނެއްގެ ގާތަކުގެ ދަށުގައި ކަމަށެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނީ ބޯކޮށް ވާރޭ ވެހެން ދިމާވީ "ޝިއާ ލައިން"އެއްގެ ސަބަބުން ކަމަށެވެ. މިއީ ހޫނު ވަޔާއި ފިނި ވައި މުޑިއެރުމުން ޖައްވުގައި ދިމާވާ ކަމެކެވެ.

"ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އަދިވެސް ހިނގުން އެކަށީގެންވޭ،" އޮފިޝަލަކު އިންޒާރުދިނެވެ.

ނުރައްކާވެދާނެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

"ރައްކާތެރި ސަރަހައްދުތަކަށް އެވަކުއޭޓް ކުރަން ވެސް ޖެހިދާނެ،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *