Support Us

ހުޅަނގު އައްސޭރީގެ ނާބްލަސް ސިޓީ ކައިރީގައި ޔަހޫދީން އަލަށް ވަޒަންވެރިވެފައިވާ ސަރަހައްދެއް

ހުޅަނގު އައްސޭރީގެ ރަޖިސްޓްރީނުކުރާ ގިނަ ބިންތަކެއް އިސްރާއީލަށް ނަގަނީ

ހުޅަނގު އައްސޭރީގައި ރަޖިސްޓްރީ ނުކޮށް ހުރި ގިނަ ބިންތަކެއް އިސްރާއީލުގެ "ސްޓޭޓް ޕްރޮޕަޓީ" ނުވަތަ "ދައުލަތުގެ މުދާ" ގޮތުގައި ރަޖިސްޓްރީކުރުމުގެ މަޝްރޫއެއް ފާސްކޮށްފިއެވެ.

މި މަޝްރޫއު ހުށަހެޅީ އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާއި ޖަސްޓިސް މިނިސްޓަރު ޔާރީވް ލެވްން އަދި ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ކަމަށް ދައުލަތުގެ މީޑީއާ ކޭ.އޭ.އެންއިން މިއަދު ރިޕޯޓްކުރިއެވެ.

މިއީ 1967 ގެ ފަހުން ހިންގާ މި ފަދަ ފުރަތަމަ މަޝްރޫއެވެ.

ސްމޮޓްރިޗް ބުނީ މިއީ "ގާނޫނީ ކަށަވަރުކަން" ހޯދަން އަޅާ ފިޔަވަޅެއް ކަމަށެވެ.

"(މި ކަމުގެ ސަބަބުން) އަހަރެމެންގެ ބިމުގެ ހުރިހާ ބައެއްގައި އަހަރެމެންގެ ބާރު ގަދަކުރެވޭނެ،" އޭނާ ބުންޏެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާ އާއި ޝަރުއީ އޮފިޝަލުން ވެސް ބުނީ މިއީ ބިމާ ގުޅޭ "ކޯޅުން"ތައް ހައްލުކޮށް، ބިމުގެ ހައްގުވެރި ފަރާތްތައް ސާފުކުރުމަށް ފަށާ މަޝްރޫއެއް ކަމަށެވެ.

އިސްރާއީލުގެ މި ނިންމުމަށް ފަލަސްތީން ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ.

"މިއީ ގާނޫނީ އަސާސެއް ނެތި ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ މިލްކަކަށް ހެދުން. މި ކަމުގެ ސަބަބުން ފަލަސްތީންގެ މިނިވަން ދައުލަތެއް ކުރިމަގުގައި ގާއިމުކުރުމަށް ހުރަސްއެޅިދާނެ،" ފަލަސްތީންގެ ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

"އިސްރާއީލުން މި ގޮތަށް ނިންމުމުން އަހަރެމެންގެ ހައްގުތައް ނިގުޅައިގަނެވި، އަހަރެމެންގެ ބިން އަހަރެމެންގެ ކިބައިން އަތުލައިގަނެވެނީ،" ހުޅަނގު އައްސޭރީގެ ރަށްވެއްސަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *