Support Us

ކަނޑު އަޑިން އަލަށް ފެނުނު ނާދިރު މަހުލޫގަކަށް ނަން ދިނީ އާއްމުކޮށް ހުޅުވައިލައިގެން

ކަނޑު އަޑިން އަލަށް ހޯދުނު އާދަޔާހިލާފު މަހުލޫގަކަށް، އިންޓަނެޓް މެދުވެރިކޮށް ހުޅުވައިލައިގެން އާއްމުންގެ ހިޔާލާ އެއްގޮތަށް ނަންދީފިއެވެ.

ޖަޕާންގެ ކަނޑުގެ ތިން މޭލު ފުނުގައި އުޅޭ ކައިޓްން ބާވަތުގެ މި މަހުލޫގަށް (ފޮޓޯ) 8،000 ނަން ހުށަހެޅިއެވެ. އެ ތަނުން ފާސްވި ނަން ހުށަހެޅީ، އެކަކު އަނެކަކާ އެއްވެސް ގުޅުމެއް ނެތް 11 މީހުން ހުށަހެޅި ސައިންޓިފިކް ނަން "ފެރެއިރެއަލާ ޕޮޕިއުލި"އެވެ. ލަފުޒީ މާނައަކީ "މީހުންގެ"އެވެ.

ރުކުމަޑިއަކާއި ފިނިހަކައެއް "މަސްހުނި"ކޮށްލުމުން ހުންނަ ސިފައެއްގައި ހުންނަ މި ކައިޓްން ފެނުނީ 2024 ގައެވެ. މީގެ ދިގުމިނަކީ އެންމެ 25 މިލިމީޓަރެވެ. އެ ސޮރު ކައިއުޅެނީ ލަކުޑިއެވެ. އެ ސޮރުގެ ފުރަގަސްފަރާތުގައި ފަނިތަކެއް އުޅެއެވެ. އެ ފަނިތައް ކައި އުޅެނީ އެ ސޮރުގެ ނަޖިހެވެ. އެހެންކަމުން މިއީ ޖަޕާންގެ ކަނޑުގެ އެ ސަރަހައްދުގެ ތިމާވެށްޓަށް މުހިންމު މަހުލޫގެއް ކަމަށް ސައިންސްވެރިން ބުންޏެވެ.

މި ކައިޓްންއަށް ނަން ހުށަހެޅި އެންމެނަށް ސައިންސްވެރިން ތައުރީފުކުރިއެވެ.

"މި ކެމްޕޭނަށް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބުނު. އަދި އެއީ ވަރަށް އުފެއްދުންތެރި ނަންތަކެއް،" މި ކައިޓްން ދިރާސާކުރި ޖޫލިއާ ސިގްވާޓް ބުންޏެވެ.

އަލަށް ފެންނަ މަހުލޫގުންނަށް ނަން ކިޔަނީ އެ އެއްޗެއްގެ ސިފަތައް ތަފުސީލުކޮށް ބަޔާންކޮށްފައި ޝާއިއުކުރާ މީހަކު ދޭ ނަމެކެވެ. ނަމަވެސް އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އަދި މުޖުތަމައަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދީފައިވާ މީހުންގެ ނަމާއި އެ އެއްޗެއް ފެނުނު ތަނާ ގުޅުވައިގެންނެވެ.

މި ކައިޓްންއަށް އާއްމުން ނަން ހުށަހެޅުމުގެ ކެމްޕޭން ފެށީ ޒީ ފްރޭންކް ނަމަކަށް ކިޔާ މީހަކު އޭނާގެ ޔޫޓިއުބް ޗެނަލްގައި ހިންގާ "ޓްރޫ ފެކްޓްސް"ކިޔާ ސީރީޒެއްގައި މި ކައިޓްންއާ ބެހޭ މައުލޫމާތު ގެނެސްދިނުމުންނެވެ.

މި ކެމްޕޭނަށް ތާއީދުކުރި ފަރާތްތަކުން ބުނީ ކްރައުޑްސޯސް ކުރުމުން ސައިންސަށް އާއްމުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމަށާއި އާ މަހުލޫގުން ހޯދުމުގެ ދުވެލި ހަލުވިވާނެ ކަމަށެވެ.

ނަމަވެސް އަލަށް ފެންނަ މަހުލޫގުންނަށް އާއްމުން ނަން ދިނުމަށް ހުޅުވައިލުމާ ދެކޮޅުހަދާ ފަރާތްތަކުން ބުނީ އެ ގޮތަށް ކަންތައް ކުރުމުން ސަގާފީ ގޮތުން ސައިންސްގެ ކަންތައްތައް ގެންދާ ގޮތާއި ފަރުވާތެރިކަމާއެކު އެ ސޮރުމެންނަށް ނަން ދިނުމުގެ މަސައްކަތް "މުނިފޫހިފިލުވުމު"ގެ ކަމަކަށް ބަދަލުވެގެން ހިނދައިދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *