Support Us

ހޮރްމުޒް ކަނޑުގައި ބައެއް އުޅަނދުފަހަރު

އީރާން ކަނޑުގެ ސަރަހައްދާ ކައިރިނުވާން އެމެރިކާގެ ބޯޓުފަހަރަށް އަންގައިފި

އީރާނުން ކޮންޓްރޯލްކުރާ ހޮރްމުޒް ކަނޑުގެ ސަރަހައްދާ ކައިރިނުވާން އެމެރިކާއިން އެ ގައުމުގެ ބޯޓުފަހަރަށް އަމުރެއް ނެރެފިއެވެ.

އެމެރިކާގެ ކަނޑުތަކާ ބެހޭ އިދާރާއިން އިއްޔެ މި އެޑްވައިޒަރީ ނެރުނީ ހުކުރު ދުވަހު އުމާންގައި އީރާނާއެކު އެމެރިކާއިން ބޭއްވި ވާހަކަތައް ކޮޅެއްގައި ނުޖެހިފައިވަނިކޮށެވެ.

އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭއްވި ވާހަކަތަކަށްފަހު ދެ ގައުމުންވަނީ ވާހަކަތައް ކުރިއަށްގެންދަން ނިންމައިފައެވެ. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިން ގަލްފު ކަނޑަށް ޖަމާވެފައިވާތީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ހައްލެއް ނާދެއެވެ.

"އީރާންގެ އުޅަނދުފަހަރުގެ ފަޅުވެރިން އަހަރެމެންގެ އުޅަނދުފަހަރަށް އަރަން އެދެފިނަމަ އެ ކަމާ ދެކޮޅުހެދުން އެދެން. އެއީ އަހަރެމެންގެ އުޅަނދުފަހަރުގެ ފަޅުވެރިންގެ ރައްކަލަކަށް،" އެޑްވައިޒަރީގައި ބުނެފައިވެއެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ މި ގޮތަށް އިރުޝާދު ދިނީ އެމެރިކާގެ އުޅަނދުފަހަރުގެ ފަޅުވެރިންގެ ރައްކާތެރިކަމުގެ އިތުރުން ތެޔޮ ގެންދާ ބޯޓުފަހަރު ދަތުރުކުރާ މަގުތަކުގެ ސަލާމަތަށް ކަމަށެވެ.

"އެމެރިކާގެ ދިދަ ޖަހައިފައިވާ ހުރިހާ ވިޔަފާރީގެ އުޅަނދުފަހަރު އީރާންގެ ކަނޑުގެ ސަރަހައްދާ ވީހާ ވެސް ދުރެއްގައި އޮތުމަށް އަންގަން. އެއީ ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރަން،" އޭނާ ބުންޏެވެ.

އީރާނުން ބުނީ ގަލްފު ކަނޑުގައި އީރާންގެ ބޯޓުފަހަރު ބައިތިއްބާނެ ކަމަށާއި އެއީ އެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *