Support Us

ޕާކިސްތާންގެ ބަލޯޗިސްތާންގައި އިއްޔެ ދިން ހަމަލާތަކުގައި އެ ޕްރޮވިންސްގެ ވެރިރަށް ކުއެޓާގައި ހަލާކުވެފައިވާ ވެހިކަލެއް

ޕާކިސްތާންގެ ތޯލިބާންއާ ގުޅިގެން ހަނގުރާމަވެރިން ބަލޯޗިސްތާންގައި ދިން ހަމަލާތަކުގައި 125 މަރު

ވަކި ގައުމެއް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ޕާކިސްތާންގެ ބަލޯޗިސްތާން ޕްރޮވިންސްގައި އަމިއްލައަށް މަރުވެގެންނާއި ބަޑިޖަހައިގެން ދިން ހަމަލާތަކުގައި 125 މީހުން މަރުވެއްޖެއެވެ.

ސަރުކާރުން އިއްޔެ ބުނީ މިއީ ޕާކިސްތާންގެ ތޯލިބާން ޖަމާއަތާ ގުޅިގެން، ވަކިވެގަންނަން އުޅޭ ބަލޯޗިސްތާންގެ ހަނގުރާމަވެރި ބަލޯޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ)އިން މިހާ ފުޅާކޮށް ވިލަރެސްކޮށްގެން ދިން ނާދިރު ހަމަލާއެއް ކަމަށެވެ.

ހުޅަނގުދެކުނުގައި އޮންނަ ބަލޯޗިސްތާންގައި ދިން ހަމަލާތަކުގައި މަރުވި އާއްމުންނާއި ސަލާމަތީ އޮފިސަރުންގެ އަދަދު އެއްކޮށްލުމުން 33 ކަމަށް ސަރުކާރުން ބުންޏެވެ. އަދި މަރުވި ހަނގުރާމަވެރިންގެ އަދަދު 92 ކަމަށް ވެސް ބުންޏެވެ.

މި އަނިޔާވެރި ހަމަލާތައް ކުށްވެރިކުރަމުން އަސްކަރިއްޔާއިން ތުހުމަތުކުރީ މި ކަމުގެ ފަހަތުގައި ބޭރު ގައުމުތަކުގެ އަތެއް ވާކަމަށާއި މި ކަމުން މިންޖުވެ، ޕާކިސްތާނަށް ހަމަޖެހުން ގެންނާނެ ކަމަށެވެ.

ދާހިލީ ވަޒީރު މުހްސިން ނަގްފީ ވިދާޅުވީ ގައުމުގެ ސަލާމަތްތެރިކަން ނަގަހައްޓަން އަސްކަރިއްޔާއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.

"މި ހަމަލާތަކާ ދެކޮޅަށް އަސްކަރިއްޔާއިން ވެސް ހަމަލާދިން. އަހަރެމެންނަށް ޖެއްސުންކުރިޔަކަނުދޭނަން،" އޭނާ ވިދާޅުވިއެވެ.

ބަލޯޗިސްތާން ހަނގުރާމަވެރިން ޕާކިސްތާނާ ވަކިވެގަންނަން މަސައްކަތްކުރަނީ އެ ޕްރޮވިންސްގެ ގުދުރަތީ ވަސީލަތްތައް މައި ސަރުކާރުން ބޭނުންކުރާއިރު އެ ޕްރޮވިންސްގެ ތަރައްގީއަށް މަސައްކަތްނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *