Support Us

ކެނެޑާގެ އޮންޓައިރީއޯ ޕްރޮވިންސަށް މި މަހު ސްނޯ ފައިބައިފައި

ނާދިރު ގޮތަކަށް ދުނިޔޭގެ އެންމެ ފިނި ތަނަކަށް ކެނެޑާ!

ހަރީފު މޫސުމުގެ ތޫފާނުގައި، ދުނިޔޭގެ އުތުރު ބިތް ކަމަށްވާ އާކްޓިކް ސަރަހައްދުން ފިނިގަދަ ވައިގަނޑެއް ހަފުތާ ބަންދުގައި އެރުމުން ނާދިރު ގޮތަކަށް ކެނެޑާ ދުނިޔޭގެ އެންމެ ފިނި ތަނަށް ވެއްޖެއެވެ.

ކެނެޑާގެ އޮންޓައިރީއޯ ޕްރޮވިންސްގެ ޓެމްޕަރޭޗަރު އިއްޔެ އާއި ހޮނިހިރު ދުވަހު ހުރީ މައިނަސް 50 ޑިގްރީ ސެލްސިއަސް ނުވަތަ މައިނަސް 58 ޑިގްރީ ފަރަންހައިޓްގައެވެ. މިއީ ރަޝިޔާގެ ސައިބީރިއާ ސަރަހައްދާއި ދުނިޔޭގެ ދެކުނު ބިތުގައި އޮންނަ އެންޓާކްޓިކާ ބައްރުގެ ފިނިކަމަށްވުރެ ވެސް ފިނިކަން ގަދަވުމެވެ.

ނުރަސްމީ ނަމަކަށް "ފާން" ކިޔައިފައިވާ މި ތޫފާން އުތުރު އެމެރިކާ ބައްރަށް އަރައި، މިހާތަނަށް އެމެރިކާގައި 12 މީހުން ވަނީ މަރުވެފައެވެ. އެއާއެކު 24 ސްޓޭޓަކުން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

މިއީ "ފާން" އުތުރު އެމެރިކާ ބައްރުގައި 3،200 ކިލޯމީޓަރު ނުވަތަ 1988 މޭލަށް ފެތުރުމުން ދިމާވި ކަމެއް ކަމަށް މޫސުން ލަފާކުރާ އިދާރާތަކުން ބުންޏެވެ.

ކެނެޑާގެ ތިމާވެއްޓާއި އިޔާދަކުރަނިވި ހަކަތައާ ބެހޭ އިދާރާ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކެނެޑާއިން ބުނީ އެ ގައުމަށް އެހާ ގަދަ ފިނިކަމެއް ކުރިމަތިވެގެން އުޅެނީ އެމެރިކާގެ އަލަސްކާ ސްޓޭޓް މަތީގައި ވައިގަނޑެއް "ތާށިވެގެން" އުޅޭތީ އާކްޓިކް ސަރަހައްދުން ފިނި ވައި ކެނެޑާއާ ދިމާއަށް އަންނާތީ ކަމަށެވެ.

"މިހެންވެ، ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގައި ކެނެޑާ މި ވަނީ ދުނިޔޭގައި މި ވަގުތު އެންމެ ފިނި ތަނަށް ވެފައި،" އެ އިދާރާގެ މޫސުން ލަފާކުރާ އޮފިޝަލެއް ކަމަށްވާ އެރިކް ޓޮމްލިންސަން ބުންޏެވެ.

މިއީ ކެނެޑާއަށް ކުރިމަތިވެފައިވާ "ނާދިރު ފިނިކަމެއް" ކަމަށް އެ އިދާރާއިން ބުންޏެވެ.

"މި ފިންޏަށް ހުށަހެޅިއްޖެނަމަ ތިމާގެ ހަންގަނޑު ދެ މިނެޓަށްވުރެ ވެސް އަވަހަށް ގަނޑުވެގެންދާނެ،" އެ އިދާރާގެ މޫސުން ލަފާކުރާ އެހެން އޮފިޝަލެއް ކަމަށްވާ ޑެނީއެލް ޑޭޖާޑާން ބުންޏެވެ.

އޮންޓައިރީއޯގެ ޓަރޮންޓޯ ސިޓީގެ މޭޔަރު އަލިވީއަ ޗައު މިހާރު ވަނީ އާދަޔާހިލާފު ގިނައިން ސްނޯ ފައިބަފައިނެކަމުގެ އިންޒާރުދީފައެވެ.

"އެސްފިޔަ ގަނޑުވާހާ ގަދަ ފިނިކަމާ ވެސް ކުރިމަތިލާންޖެހިދާނެ،" އޮފިޝަލަކު ބުންޏެވެ.

ކަރަންޓު ކެނޑުމުގެ ހާދިސާތައް ވެސް ހިނގާފާނެ ކަމަށް އޮފިޝަލުން އިންޒާރުދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *