Support Us

ބްރާ، ޖަންގިޔާ ވަގަށް ނަގައިގެން ލަމުން ސެލްފީ ނަގަމުންދިޔަ ޒުވާނަކު ހައްޔަރަށް

ބްރާ އާއި ޖަންގިޔާ ވަގަށް ނަގައިގެން ލަމުން ސެލްފީ ނަގަމުން ދިޔަ އުމުރުން 23 އަހަރުގެ ފިރިހެނަކު އިންޑިއާގައި ހައްޔަރުކޮށްފިއެވެ.

އަމަލް އެން.ޖީ (ފޮޓޯ)އަކީ ވަޒީފާ ނެތް ޒުވާނެކެވެ. އޭނާ ހައްޔަރުކުރީ އަންހެނުން އެތެރެއިން ލާ އަންނައުނު ނުވަތަ ލޮންޖަރޭ ވަގަށް ނަގައިގެން އެ ލައިގެން ސެލްފީ ނެގުމުގެ ތުހުމަތުގައެވެ.

ކެރަލާ ސްޓޭޓަށް އުފަން އަމަލް ކަރްނަޓަކާ ސްޓޭޓްގެ ބެންގަލޫރުގެ ދެކުނުގައި އޮންނަ ހެއްބަގޮޑި ސަރަހައްދަށް ހަ މަސް ކުރިން އައީ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެވެ. ހެއްބަގޮޑިގައި އޭނާ އުޅެމުންދިޔައީ ރަހްމަތްތެރިއެއްގެ ކޮޓަރީގައެވެ.

"އޭނާއަށް އަދިވެސް ވަޒީފާއެއް ނުލިބޭ،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

ދުވާލުގެ ވަގުތުތަކުގައި އަމަލް ހެއްބަގޮޑިގެ އެކި ތަންތަނަށް ގޮސް، ގޭގެ އާއި ގެސްޓްހައުސްތަކުގެ ބޭރުގައި އަޅުވައިފައި ހުންނަ ލޮންޖަރޭ ވަގަށް ނަގަނީ ކަމަށް ފުލުހުން ބުންޏެވެ.

މި ދިޔަ ހޯމަ ދުވަހު އޭނާ ހައްޔަރުކުރެވުނީ ބެންގަލޫރުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ވިދްޔަނަގަރްގެ ގެއަކުން ލޮންޖަރޭ ވަގަށް ނެގުމުގައި އުޅެނިކޮށް އެ ގޭގެ މީހުން އޭނާ އަތުލައިގަތުމުންނެވެ.

"އެ ގޭގެ މީހުން ހޮއިސަލާ ވެހިކަލްއަކަށް ގުޅީ. އެ ވެހިކަލްގައި ތިބި އޮފިސަރުން އަމަލް އަހަރެމެންނާ ހަވާލުކުރީ،" ހެއްބަގޮޑި ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

ހޮއިސަލާއަކީ ބެންގަލޫރުގައި އަވަސް ހިދުމަތް ދޭ ފުލުހުންނެވެ.

އަމަލް އުޅުނު ކޮޓަރިން 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ލޮންޖަރޭ ފެނުނު ކަމަށާއި އެ ތަކެތި އޮތީ ދަބަހެއްގެ ތެރޭގައި ފޮރުވައިފައި ކަމަށް ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓްކުރިއެވެ.

"އޭނާގެ ފޯން ޗެކު ކުރިއިރު، ލޮންޖަރޭ ލައިގެން ނަގައިފައި ހުރި ބައިވަރު ފޮޓޯ އާއީ ވީޑިއޯ އަހަރެމެންނަށް ލިބުނު،" ތަހުގީގުކުރާ އޮފިސަރަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *