Support Us

ކަރާޗީގެ ޝޮޕިން މޯލް އަލިފާނުގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް

މި ދިޔަ ހޮނިހިރު ދުވަހު ޕާކިސްތާންގެ އެންމެ ބޮޑު ސަހަރު ކަމަށްވާ ކަރާޗީގެ ގުލް ޕްލާޒާ ޝޮޕިން މޯލްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް އަދިވެސް ދަނީ ފެންނަމުން ކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.

މިހާތަނަށް 60 ހަށިގަނޑު ފެނިފައިވާއިރު ގެއްލިފައިވާ އެތައް ދޮޅަހެއްގެ މީހުންގެ ހަށިގަނޑުތައް އަދިވެސް ދަނީ ހޯދަމުންނެވެ.

ތިން ބުރިއަށް ހުރި އިމާރާތުގައި، މީހުން ހޯދާ ޓީމުތަކަށް އިއްޔެ އެއް ފިހާރައިން އެކަނިވެސް 30 ހަށިގަނޑު ފެނިފައިވެއެވެ.

"އިތުރު ހަށިގަނޑުތައް ފެނުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

ދެކުނު ކަރާޗީގެ އިންސްޕެކްޓަރު ޖެނެރަލްގެ ނައިބު ސައީދު އަސަދު ރަޒާ ބުނީ ހުރިހާ ހަށިގަނޑުތަކުގެ އަދަދު ޔަގީންކުރާނީ ޑީ.އެން.އޭ ޓެސްޓް ހެދުމަށްފަހު ކަމަށެވެ.

"ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރާނީ ޑީ.އެން.އޭ ޓެސްޓްތައް ހެދުމަށްފަހު،" ސިއްހީ އޮފިޝަލަކު ބުންޏެވެ.

ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ލަސްކަމަށް ތުހުމަތުކޮށް އާއިލާތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ސަރުކާރުން ބުނީ އިމާރާތް ހަލާކުވެފައިވާ ގޮތުން މީހުން ހޯދާ ޓީމުތައް މަސައްކަތް ކުރަމުންދަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *