އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ސްޓޭޓްގެ ސަހަރެއްކަމަށްވާ ބްރިސްބޭންގައި އަންހެނަކު ސިހުނީ އޭނާއަށް ހޭލެވުނުއިރު ގައިމަތީގައި އަށް ފޫޓުގެ ހަރުފައެއް އޮތުމުންނެވެ.
ވިހަ ނުލާ ބާވަތުގެ ކާޕެޓް ޕައިތަން (ފޮޓޯ)އަކީ ރަބީއު މޫސުމުގައި ކްއީންސްލޭންޑްގައި ގޭގެއަށް އާއްމުކޮށް ވަންނަ މަހުލޫގެއްކަމަށް ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ރައްޔިތުންނަށް ހަނދާންކޮށްދެއެވެ.
ހޯމަ ދުވަހު ހިނގި ހާދިސާގައި ރޭޗެލް ބްލުއާ ބުނީ އޭނާ ފުރަތަމަ ހީކުރީ އޭނާގެ ގައިމަތީގައި އޮތީ އޭނާގެ ޑެލްމޭޝަން ބާވަތުގެ ކުއްތާ ކަމަށެވެ.
"ކޮޓަރީގެ ބޮކި ދިއްލައިފައި ފިރިމީހާ ބުނީ ހަރަކާތް ނުކުރައްޗޭ، ގާތްގަނޑަކަށް ދޭއް ބައި މީޓަރު ދިގު ހަރުފައެއް އަހަރެންގެ ގައި މަތީގައި އެބައޮތޭ،" ރޭޗެލް ކިޔައިދިނެވެ.
ރޭޗެލް ބުނީ އޭނާ ދެން މަޑުމަޑުން ހަރުފައިގެ ދަށުން ތެދުވެ، ކުޑަދޮރުން ބޭރަށް ދާން ހަރުފައަށް މަގުދައްކައިދިނީ ކަމަށެވެ.



advertisment