Support Us

ޑީ.ޕީ ސައިނީ ފްލޮރިސްޓް އެންޑް ބޭކާސްގައި ކޯލިފްލާވާ ބުކޭއެއް ތައްޔާރުކޮށްފައި

ފިނިފެންމަލުގެ ބަދަލުގައި ކޯލިފްލާވާ ބުކޭ- ލޯބިވެރިންނަށް އޯކޭވެއްޖެ

ފިނިފެންމަލަކީ ނިސްބަތުން އަވަހަށް ވަޅޯވާ މަލެކެވެ. އެހެންކަމުން އަގަށް ބަލައިފައި ވެސް އިންޑިއާގެ ފްލޮރިސްޓަކު މިހާރު ވަނީ މާ ފައިދާވާ ކަހަލަ ހަދިޔާއެއް ލޯބިވެރިންނަށް އަމާޒުކޮށް ތައްޔާރުކުރަން ފަށައިފައެވެ. އެއީ ސިއްހީ ގޮތުން ވެސް ފައިދާ ހުރި ކޯލިފްލާވާއެވެ.

ފަރީދުއާބާދުގައި ހުންނަ ޑީ.ޕީ ސައިނީ ފްލޮރިސްޓް އެންޑް ބޭކާސްގައި ދަރަމް ސައިނީ ވިއްކަން ފެށި ކޯލިފްލާވާ ބުކޭތަކަށް މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. ވަޅޯވުމުގެ ކުރިން ކާ ވެސް ލެވޭ ތަރުކާރީއަކަށްވާތީއެވެ.

ދަރަމްގެ ބުކޭތައް ހުންނަނީ ކޯލިފްލާއެއް މެދަށް ލައިފައެވެ. އެއާއެކު ކޮތަމްބިރި ވެސް ރަހަ ލައްވަން ލައިފައި ބުކޭތައް ހުންނަނީ ރީތި ކަރުދާހުގައި އޮޅައިލައި ރިބަން ވެސް އައްސައިފައެވެ.

ދަރަމް ބުނީ އޭނާ ވިސްނީ އޭނާ މާ ވިއްކާނީ އޭގެން ފައިދާ ވެސް ކުރާނެ ގޮތަކަށް ކަމަށެވެ.

އަލޫ ގޯބީއަކީ ކޯލިފްލާވާ އަދި އަލުއި ލައިގެން އިންޑިއާގައި ތައްޔާރުކުރާ މަގުބޫލު ކެއުމެއް

"އަހަރެން ބޭނުންވީ މޯޅިވާ ފިޔަތަކަކަށް ފައިސާ ހަރަދު ކުރުމުގެ ބޭނުމަކީ ކޮބައިތޯ މައިންބަފައިން ސުވާލުކުރާ ޒަމާންވީ މައްސަލައަށް ހައްލެއް ގެންނަން،" ދަރަމް ބުންޏެވެ.

"މިހާރު ތިބާގެ ލޯބިވެރިޔާއަށް ބުނެވޭނެ މި ރޭގެ ނާސްތާއަށް ވެސް ކަމުދާ ހަދިޔާއެއް ތިބާއަށް ގަންދީފިކަމަށް،" އޭނާ އިތުރުކޮށްލިއެވެ.

އިންޑިއާގައި މިހާރު ވައިރަލްވެފައިވާ މި ޓްރެންޑްގެ ސަބަބުން މީހުން ވަނީ އެ މީހުންގެ ލޯބިވެރިންނަށް މާބޮނޑި ދޭ ގޮތާމެދު ދެވަނަ ވިސްނުމަކަށް ގޮސްފައެވެ.

"މިއީ އެންމެ ފުރިހަމަ ހަދިޔާ. ރީތިކަން ވެސް ލިބޭ އަދި އަލޫ ގޯބީ ކެއުން ވެސް ހިލޭ ލިބޭ،" ދަރަމްގެ ބުކޭއާމެދު ހިތްހަމަޖެހިފައިވާ މީހަކު ބުންޏެވެ.

އަލޫ ގޯބީއަކީ ކޯލިފްލާވާ އާއި އަލުއި ލައިގެން އިންޑިއާގައި ތައްޔާރުކުރާ މަގުބޫލު ކެއުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *