ޗައިނާއިން ތައިލެންޑްގައި ހިންގާ ދުވެލި ބާރު ރޭލު ނިޒާމެއްގެ މަޝްރޫއެއްގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ފަސިންޖަރުން އުފުލާ ރޭލެއް މައްޗަށް ވެއްޓި މަދުވެގެން 22 މީހުން މިއަދު މަރުވެއްޖެއެވެ.
އޮފިޝަލުން ބުނީ 50 އަށްވުރެ ގިނަ މީހުން ޒަހަމް ވެސްވި ކަމަށެވެ.
ވެރިރަށް ބެންކޮކުން ޔުބޮން ރަޓްޗަޓްހަނިއަށް ދަތުރުކުރަމުން ދިޔަ ރޭލުގައި 195 ފަސިންޖަރުން ތިއްބެވެ.
ކެރޭނު ވެއްޓުމާއެކު ކުޑަ ވަގުތުކޮޅަކަށް ރޭލުގައި އަލިފާން ހިފިއެވެ.

ބޮޑު ވަޒީރުގެ ނައިބު ފިފަޓް ރަޓްޗަކިޓްޕްރަކަރަން މިހާރު ވަނީ 5.4 ބިލިއަން ޑޮލަރު (83.4 ބިލިއަން ރުފިޔާ)ގެ މަޝްރޫއުގެ ރައްކާތެރިކަމާ ގުޅޭ ތަހުގީގެއް ހިންގުމަށް އަންގައިފައެވެ.
"ހާދިސާ ހިނގަން ދިމާވީ ކީއްވެކަން ތަފުސީލުކޮށް ތަހުގީގުކޮށް އަދި ނަތީޖާތައް ދެފުށްފެންނަ ގޮތަށް ރިޕޯޓްކުރުމަށް އޮފިޝަލުންނަށް ވާނީ އަންގައިފައި،" ދަތުރުފަތުރާ ބެހޭ ވަޒީރުކަން ވެސް ކުރާ، އަދި މި މަޝްރޫއު ބަލަހައްޓާ ފިފަޓް ބުންޏެވެ.



advertisment